ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލ. ގަން ކެމްޕަހަށް ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ފެކަލްޓީ އޮފް އާޓްސް

ފަޅުމަތީމަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

                                                                          ނަންބަރ: 153-FA/2020/06

އިޢުލާން

"ލ. ގަން ކެމްޕަހަށް ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން"

މި ފެކަލްޓީގެފަރާތުން ލ. ގަން ކެޕްހުގައި ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒް ކޯހުގެ ތިރީގައިމިވާ މާއްދާތައް ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

 

Course

Subject Code

Subject

Advanced certificate in Language Use

DHI017

Dhivehi I

ENG017

English I

DHI027

Dhivehi Text Production

HIS001

Maldivian History and Geography

 

ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ގަޑިތައް: ކިޔަވައިދެއްވަން ޖެހިވަޑައިގަންނަވާނީ ތިރީގައިވާ ގަޑިތަކުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް 4 ގަޑިއެއްގައެވެ.

ދުވަސް

ވަގުތު

 

ބުރާސްފަތި

16:00 – 18:00

20:00 – 22:00

 

ހުކުރު

14:00 – 16:00

16:00 – 18:00

 

ހޮނިހިރު

08:00 – 10:00

10:00 – 12:00

12:00 – 14:00

 

 

ޝަރުޠު: ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:  50 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

              މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 11 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، މި ފެކަލްޓީގެ އިދާރާއަށް ނުވަތަ ލ. ގަން ކެމްޕަހަށް އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އީމެއިލުން ފޮނުވާ އެޕްލިކޭޝަންވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

އެޕްލިކޭޝަނާއެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345279 ނަންބަރާ ގުޅުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1441

09 ފެބުރުވަރީ 2020

09 ފެބުރުވަރީ 2020
ހޯދާ