އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކުލަލުމާއި ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

           ކުލަލުމާއި ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

                                ނަންބަރ: TENDER/AS/2020/002


އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަނގިފިލާގައި ހުންނަ މިކުންފުނީގެ އޮފީހުގައި ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ވާރކް ސްޓޭޝަންތަކެއް ޖެހުން
  • 3 ފާޚާނާއިގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން
  • ސައި ކޮޓަރީގައި ހުންނަ ކަބަޑުސެޓު ބަދަލުކުރުން
  • ކުލަލުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަނގިފިލާގައި ހުންނަ އާސަންދަ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބްރުއައީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ފެން ބިލްޑިނގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް، ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

 

06 ފެބްރުއަރީ 2020

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

06 ފެބުރުވަރީ 2020
ހޯދާ