މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި ހިއްކައި ، މަގުހަދައި، ތޮށިލައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި ހިއްކައި ، މަގުހަދައި، ތޮށިލައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް ހިއްކައި ، މަގުހަދައި، ތޮށިލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި HC01 ("ހާބަރ ކޮންޓަރެކްޓިންގ ވޯކްސް") ކެޓެގަރީގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށްވާން ޖެހޭނެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ފެބުރުވަރީ 13 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

   ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2020 ފެބުރުވަރީ 17 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

   ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ފެބުރުވަރީ 26 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ފެބުރުވަރީ 26 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

06 ފެބުރުވަރީ 2020
ހޯދާ