ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ބައެއްތަކެތި ގަތުމާބެހޭ.

އިޢުލާން

 

 

ކައުންސިލް އިދާރާއަށް ބައެއްތަކެތި ގަތުމާބެހޭ.

 

            ތިރީގައި މިދަންނަވާތަކެތި ގަނެގެން މިއިދާރާއަށް ގެނެސްދޭނެ ފަރާތެއް ހޯދަންކުރި މިއިދާރާގެ ނަންބަރު (IUL)387/387/2020/11 (27 ޖެނުއަރީ 2020)ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

-          08 ލޯޑް ސްޕީކަރު (50 ވޯޓު) ތޯއާފަދަ ބްރޭންޑެޑް

-          02 އެމްޕްލިފަޔަރ (120 ވޯޓު) ތޯއާފަދަ ބްރޭންޑެޑް

-          02 ރޯލް ފްލެކްސިބަލް ނަރު 1.5 ގެ (ލޯޑް ގުޅުމަށް)

 

            ވީމާ، މިތަކެތި ގަނެގެން މިއިދާރާއަށް ގެނެސްދިނުމަށް އެދިލައްވާ ފަރާތްތަކުން 11 ފެބުރުއަރީ 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައި ގަތުމަށްފަހު 13 ފެބުރުއަރީ 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ޕްރީމިޑް މީޓިންގ 11 ފެބުރުއަރީ 2020 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑު ޑޮކިއުމަންޓްގެ އަގަކީ -/30 ރުފިޔާއެވެ. ބިޑު ޑޮކިއުމަންޓް ސަރުކާރު ބަންދުނޫން ދުވަސްދުވަހު 12:00 އާއިހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  12 ޖުމާދަލްއާޚިރާ 1441

                  06 ފެބުރުއަރީ   2020 

06 ފެބުރުވަރީ 2020
ހޯދާ