އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުވެހީގެ ކޮޓަރި ނަންބަރު 102 އަދި 103 އަތޮޅު ހޮސްޕިޓަލްގައި އެނދުމަތިކުރެވޭ ފަރާތްތަކަށް ދޫކުރުމުގެ އުސޫލު

`

 

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ،

މަހިބަދޫ، ދިވެހިރާއްޖެ.

 

އދ. އަތޮޅުވެހީގެ ކޮޓަރި ނަންބަރު 102 އަދި 103 އަތޮޅު ހޮސްޕިޓަލްގައި އެނދުމަތިކުރެވޭ ފަރާތްތަކަށް ދޫކުރުމުގެ އުސޫލު

 

  1. (ހ) މިއުސޫލަކީ، އދ. އަތޮޅު ކައުންސިލްގެ 81 ވަނަ ޢާންމުޖަލްސާއިން، އދ.އަތޮޅު ހޮސްޕިޓަލްގައި އެނދުމަތިކުރެވޭ އަތޮޅުގެ ރައްޔިތުންގެ ބެލެނިވެރިން މަޑުކޮށްލުމަށްޓަކައި އދ. އަތޮޅުވެހިން ކޮޓަރި ދޫކުރުމަށް ނިންމާފައިވާތީ، އެކަން ތަންފީޛުކުރުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

   (ށ) މިއުސޫލަށް ކިޔާނީ " އދ. އަތޮޅުވެހީގެ ކޮޓަރި ނަންބަރު 102 އަދި 103 އަތޮޅު ހޮސްޕިޓަލްގައި  އެނދުމަތިކުރެވޭ ފަރާތްތަކަށް ދޫކުރުމުގެ އުސޫލު" މިހެންނެވެ.

 

ތަޢާރަފް

  1. މިއުސޫލުގެ މަޤްޞަދަކީ އަތޮޅުގެ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ހޯދުމުގައި ދިމާވެފައިވާ އެކިއެކި ދަތިތައް ޙައްލުކޮށްދިނުމާއި، އަތޮޅު ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ސިއްޙަތާއި ގުޅޭގޮތުން އެކަށައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތްކުރުމެވެ.

މަޤްޞަދު

  1. މިއުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛު ކުރަމުންގެންދާނީ އދ. އަތޮޅު ހޮސްޕިޓަލުންނެވެ. އަދި މޮނިޓަރކޮށް ބަލަހައްޓަމުންގެންދާނީ އދ. އަތޮޅު ކައުންސިލް އިދާރާއިންނެވެ.     

ތަންފީޛީއިދާރާ    

  1. (ހ) މިއުސޫލުގެ ދަށުން ކޮޓަރި ދޫކުރެވޭނީ ހޮސްޕިޓަލުން ކޮޓަރި ބަލަހައްޓާ މޮނިޓަރކުރަން ފަސޭހަވާނޭގޮތަށް ތައްޔާރުކުރެވިފައިވާ އުސޫލެއް އެކުލަވާލައި އެއުސޫލުގައި ބަޔާންކުރާ ގޮތެއްގެ މަތިންނެވެ.     

(ށ) ކަނޑައެޅޭ އުސޫލުގެ ދަށުން ކޮޓަރި ދޫކުރެވޭނީ ބަލިމީހާ އެނދުމަތިކުރެވޭތާ ގިނަވެގެން 5 ދުވަހުގެ މުއްދަތަށެވެ.

(ނ) ކޮޓަރި ދޫކުރުމުގައި ބަލިމީހާގެ ބެލެނިވެރިޔާއަށް ކޮޓަރި ބޭނުންކުރުމުގެ ޤަވާއިދުތަކާއި އުޞޫލުތައް ކިޔައިދީ އެކަންކަމަށް ބެލެނިވެރިޔާ އެއްބަސްވާކަމަށް ސޮއިކުރުވަންވާނެއެވެ.

ކޮޓަރި ދޫކުރެވޭނެ ޙާލަތްތައް    

  1. (ހ) މި އުސޫލުގެ ދަށުން ކޮޓަރި ދޫކުރުމުގައި މި އުސޫލުގައި ހިމެނޭ ކަންކަމުގެ މަޢުލޫމާތު ބަލިމީހުންނަށް ސާފުކޮށްދިނުމަކީ ހޮސްޕިޓަލުގެ ޒިންމާއެކެވެ.

(ށ) ކޮޓަރިތައް ކުނިކަހާ ސާފުކޮށް، ކުނި ނައްތަލުމާއި، އެނދުތަންމަތި އަޅާ ބަލަހައްޓަމުން ދާނީ ހޮސްޕިޓަލުންނެވެ.

(ނ) ކޮޓަރި ތަކުގެ ތަޅުދަނޑި ޒިންމާވެ ބަލަހައްޓަމުންދާނީ ހޮސްޕިޓަލުންނެވެ.

(ރ) ކޮޓަރި ތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާ ފުށުއަރާކަމެއް ހިނގާތޯބަލާ އެކަންކަން މޮނިޓާރކޮށް އަޅަންޖެހޭ ފިޔަވަޅުތަށް ވަޤުތުން ވަޤުތަށް އަޅަމުންދާނީ ހޮސްޕިޓަލުންނެވެ.

ހޮސްޕިޓަލްގެ ޒިންމާތައް     

  1. (ހ) އަތޮޅު ކައުންސިލުން ކޮޓަރިތައް އެހެންކަމަކަށް ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮޓަރިތައް ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ކައުންސިލްގެ ބޭނުމަށް ކޮޓަރިތައް ނަގާނަމަ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން އެކަން ހަމަޖައްސައިދޭންވާނެއެވެ.

އަތޮޅު ކައުންސިލްގެ ބޭނުމަށް ކޮޓަރިތައް ނެގުން 

  1. (ހ) މިއުސޫލަށް ޢަމަލުކުރަން ފަށާނީ ކައުންސިލުން އުސޫލު ފާސްކޮށް ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

(ށ) މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ހިނގައިފިނަމަ ހޮސްޕިޓަލާއި އަތޮޅު ކައުންސިލް މަޝްވަރާކުރުމަށްފަހު ޙައްލުކުރާނީއެވެ.

މިއުސޫލަށް ޢަމަލުކުރަން ފެށުން  

28 ޖަނަވަރީ 2020

 

 

 

06 ފެބުރުވަރީ 2020
ހޯދާ