މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ޏ.ފުވައްމުލަކު ކެމްޕަހުގައި 2 ކުލާސްރޫމާއި ފާހާނާބަރިއެއް އެޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


`

 

އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކް ޏ.ފުވައްމުލަކު ކެމްޕަހުގައި 2 ކުލާސްރޫމާއި ފާހާނާބަރިއެއް އެޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް ޏ.ފުވައްމުލަކު ކެމްޕަހުގައި 2 ކުލާސްރޫމާއި ފާހާނާބަރިއެއް އެޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 09 ފެބުރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޏ.ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ފެބުރުއަޜީ 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޏ.ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ފެބުރުއަޜީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305417 އާއި ގުޅުއްވުން އެދެމެވެ.

 

11 ޖުމާދުލްޢާހިރް 1441

05 ފެބުރުވަރީ 2020

05 ފެބުރުވަރީ 2020
ހޯދާ