މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް ހއ.ހަނިމާދޫ އެއާޕޯރޓް އާއި ހއ.ދިއްދޫ އިމިގްރޭޝަން އޮފީހާއި ދެމެދު ޕާސްޕޯރޓް ފޮށި ގެނެސް ގެންދިއުމަށް ލޯންޗުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-A/94/2020/04 އިޢުލާނާއި ގުޅިގެން  އެއްވެސް ފަރާތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.   

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

05 ފެބުރުވަރީ 2020
ހޯދާ