ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަނިޔާ ޢިމާރާތް ކުއްޔަށް ދޫކުރުމަށް އިއުލާންކުރުން

މިހާރުގެ ބޭކަރީގެ މަސައްކަތްތައް ކުރަމުން އަންނަ ވަނިޔާ ޢިމާރާތް (ދިރާގު ޓަވަރ ކުރިން ހުރި ޢިމާރާތް) ކުއްޔަށް ދޫކުރުމަށް ކުރެވުނު އިއުލާން (ނަމްބަރ: (IUL)327-C/327/2019/37)  އާއި ގުޅިގެން ހުށަހެޅުނު ބިޑް ފޯމްތައް ބާތިލްކުރެވިފައިވާތީ، އަލުން އެ އިމާރާތް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

މަޢުލޫމާތު ފޯމް ވިއްކުން

9 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 9:00 އިން ފެށިގެން 13 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓްސް ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާނީ ދެންނެވިފައިވާ ތާރީޚުން ފެށިގެން ކޮންމެ ދުވަހެއްގެވެސް 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ.

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ޑޮކިއުމެންޓްސް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ 30.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

މި ބިޑާއި ގުޅިގެން މައުލުމާތު ދިނުމަށް ޕްރީ ބިޑް މީޓިންގްއެއް ނުބޭއްވޭނެއެވެ. މައުލޫމާތު ކަރުދާހަށް އެއްވެސް ބަދަލެއް އަންނަ ނަމަ، ނައިފަރު ކައުންސިލް ވެބްސައިޓްގައި ގެނެވުނު ބަދަލު އާންމު ކުރެވޭނެއެވެ.

ބިޑް އޯޕަން މީޓިންގް

ބިޑް ފޯމް ބައްލަވާގަންނަވާ ބޭފުޅުން، ބިޑް ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށައެޅުމަށްޓަކައި 23 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:00 އަށް މަލްޓިޕާޕަސް ބިލްޑިންގް ސެމިނަރ ރޫމް އަށް ހާޒިރުވެދެއެވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

05 ފެބުރުވަރީ 2020
ހޯދާ