މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިންޓާރން (ވަގުތީ މުވައްޒަފުން) ހޯދުމަށް

(IUL)101-AF/1/2020/25 :ނަންބަރު

އިޢުލާން

 

އިންޓާރން (ވަގުތީ މުވައްޒަފުން) ހޯދުމަށް

 

މަޤާމު: އިންޓާރން (ވަގުތީ މުވައްޒަފުން)

މުއްދަތު: 7 މަސްދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެ

އަދަދު : 23

ތައުލީމީ ފެންވަރާއި ތަޖުރިބާ:


ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، 18 އަހަރު ފުރިފައިވުން.

 

މައިގަނޑު މަސައްކަތްތައް:

  • މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިންމެންޓް ސެކްޝަނާއި ގުޅޭ މަސައްކަތްތައް ކުރުން.
  • މިމިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް ސެކްޝަނުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ޖޮބް މެޗިންގ އާއި ބެހޭ މަސައްކަތް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އުޖޫރަ: ގަޑި އިރަކަށް  -/20 ރުފިޔާ

 

ހުށަހަޅަންޖެހޭ ތަކެތި:މަޤާމަށް އެދި ފޮނުވާ ސިޓީ، ވަނަވަރު، ތަޢުލީމާ ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި:  ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2020 ފެބްރުއަރީ 12 ވާ ބުދަ ދުވަހުގެ 12:00 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 ފެބުރުވަރީ 2020
ހޯދާ