މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމުގެ މުއްދަތު އިތުރުކުރުން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ށ. އަދި ނ. އަތޮޅުގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 20/2019" ގައި ހަރަކާތްތެރިވުމަށް 32 އެނިއުމަރޭޓަރުން ހޯދުމަށް ކުރި ނަންބަރު (IUL)227-PR/227/2020/2 (26 ޖަނަވަރީ 2020) އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ކުރިމަތި ލާފައިނުވާތީ އެއިއުލާންގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި ސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. 18 އަހަރުން ދަށުގެ ފަރާތަކުން ކުރިމަތިލާނަމަ ބެލެނިވެރިޔާގެ ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ. ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތްކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

އެނިއުމަރޭޓރުންގެ ގޮތުގައި ހޮވޭ މީހުންނަށް 2020 ފެބްރުއަރީ 22ން 29ށް  8 ދުވަހުގެ ތަމުރީނެއް ދެވޭނެއެވެ. އަދި ތަމުރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމުރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ (އެއްސަތޭކަ) ރުފިޔާގެ މަގުން އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ (ފަށްސަތޭކަ) ރުފިޔާގެ މަގުން އެލަވަންސެއް ދެވޭނެއެވެ. މި ސަރވޭ ށ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2020 މާރިޗް 2ން 9 އަށެވެ. އަދި ނ.އަތޮޅުގައި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2020 މާރިޗް 13ން 20 އަށެވެ.  ރަށުން ބޭރުގައި މަސައްކަތްކުރައްވާ އެނިއުމަރޭޓަރުންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ހަމަޖައްސައިދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މި ސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަންފޯމު، މިއިދާރާގެ ކައުންޓަރުންނާއި ވެބްސައިޓު (shaviyani.gov.mv)އިން ލިބެން ހުންނާނެއެވެ.

 

 ވީމާ، މި މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަންފޯމު ފުރިހަމަކުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު 2020 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. 

‏10‏ ޖުމާދަލްއާޚިރާ‏ 1441

‏04‏ ފެބްރުއަރީ  ‏ 2020

04 ފެބުރުވަރީ 2020
ހޯދާ