ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކެޑޭޓް އަދި ބޭންޑް އިންސްޓްރަކްޓަރ)

`

ކަލާފާނު ސްކޫލް

މާލެ ދިވެހިރާއްޖެ

ނަމްބަރު: KS-R/IUL/2020/13

ކެޑޭޓް/ ބޭންޑް އިންސްޓްރަކްޓަރ އެއް ބޭނުންވެއްޖެ

ތަފްޞީލް: 

މިސްކޫލްގެ ބޭންޑް އަދި ކެޑޭޓް ދަރިވަރުންނަށް ޓްރޭނިންގ ދިނުމަށް އިންސްޓްރަކްޓަރ އެއް ހޯދުމަށް ބޭނުންވެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:  

މިޔުޒިކް، ޕަރފޯމެންސް އާރޓް ނުވަތަ ކިޔަވައި ދިނުމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އިން މަތީ ސެޓްފިކެޓެއް ހާސިލްކުރައްވާފައިވުން.

މުއްދަތު: 

3 މަސް ދުވަސް (3 މަސް ހަމުވުމުން އިތުރު މުއްދަތަށް މިމަސައްކަތް ކުރިއަށް ގެންދަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތަށް ބަލާ ކޮންމެ 3 މަހަކުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ.)

އުޖޫރަ: 

މިމަސައްކަތުގެ އުޖޫރަ ކަންޑައެޅުމަށް ހަމަޖެހިފައިވަނީ ޓީޗަރުންގެ އޮނިގަނޑުގައިވާ އުޞޫލުން ހާޞިލްކުރައްވާފައިވާ  ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން  ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: 

މިމަގާމަށް މުވައްޒަފަކު ހޮވުމުގައި ބޭންޑް އަދި ކެޑޭޓް ފަރިތަކޮށްދެއްވުމުގެ ތަޖުރިބާއަށް އަދި ސްކޫލުން ހަމަޖައްސާ ގަޑިތަކަށް ހާޒިރުވެވޭ އަދި ޓީޗިންގ ދާއިރާއިން ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

 

މި ވަޒީފާ ޝައުޤުވެރިލައްވާ ފަރާތްތަކުން 12 ފެބުރުއަރީ 2020 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ނުވަތަ ސިޓީ އަދި ސެޓްފިކެޓްތަކުގެ ކޮޕީ އާއި އައިޑީކާޑުގެ ކޮޕީ ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3326607 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

10 ޖުމާދުލްއާޚިރު 1441

04 ފެބުރުއަރީ 2020

04 ފެބުރުވަރީ 2020
ހޯދާ