އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އދ. އަތޮޅުގޮތްޕަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުން

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

2 އަހަރު ދުވަސް

މުއްދަތު:

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އދ. އަތޮޅުގޮފި / އދ. މަހިބަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465.00ރ

މުސާރަ:

 1. ނުކުންނަ ކޮންމެ ދުވަހަކަށް 25.00ރ
 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 3. ރަށުންބޭރުގައި މަސައްކަތްކުރާ ދުވަސްދުވަހުގައި ސިވިލްސަރވިސް މުވައްޒަފުންނެކޭ އެއްގޮތަށް އެލަވަންސް

އިތުރު ޢިނާޔަތްތައް:

 

      1.            ކޯސްތަކާއި ކްލާސްތައް ހިންގުމަށް ބޭނުންވާ މުޤައްރަރު ކަނޑައަޅައި، ހަމަޖެހިފައިވާ ކްލާސްރޫމްތަކާއި، އިދާރާގައި ކިޔަވައިދިނުމަށް ބޭނުންވާއެންމެހާ ވަސީލަތްތަކާއި، ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމުކުރުމަށް އަތޮޅުކައުންސިލާއި މަޝްވަރާކޮށްގެން އެމަސައްކަތް ކުރުން

      2.            ކްލާސްތައް ފެށުމުގެ ކުރިން ކްލާސްތަކާއި، އިދާރާ ހުޅުވުމުގެ އިންތިޒާމްހަމަޖައްސާ ކްލާސްފެށޭއިރު އެކްލާހެއްގެ މުދަރިއްސެއް އެކުލާހެއްގައި ހުރެ ކިޔަވައި ދެވޭނެ އިންތިޒާމްހަމަޖައްސައި، ކްލާސްތައް ނިމުމުން އެތަންތަން ބަންދުކޮށް ތަޅުލުން

      3.            އަތޮޅުކައުންސިލްގެ މަޝްވަރާގެ މަތިން ކްލާސްތައްބަހާ ޓައިމްޓޭބަލް ހަދާ ދަރިވަރުންނަށް އެކަންކަން އެންގުން

      4.            މުދައްރިސުންގެ ހާޒިރީ ބަލަހައްޓައި ހާޟީރީ ރިޕޯޓް ތައްޔާރުކޮށް ރެކޯޑް ބެލެހެއްޓުން

      5.             މަރުކަޒުން އަންގާގޮތެއްގެމަތިން ކޯހަށް ބައިވެރިންހޮވުމަށް އިޢުލާންކޮށް ބައިވެރިންހޮވުމަށް ކުރަންޖެހޭ މަސައްކަތްކޮށް ރެކޯޑް ބެލެހެއްޓުން

      6.            ކޯހަށް ހޮވޭ ދަރިވަރުންގެ ހާޒިރީގެ އެންމެހާކަންތައްތައް މަރުކަޒުން ކަނޑައަޅާފޯމެޓާއެއްގޮތަށް ތައްޔާރުކޮށް ބަލަހައްޓައި، ރެކޯޑް ބެލެހެއްޓުން

      7.            މަރުކަޒުން ކްލާސްތަކަށް ވަންނަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަނެ  ދަރިވަރުންގެ ރަޖިސްޓްރީއެއް އެކުލަވާލާއި ކްލާހުން ވަކިވާ ދަރިވަރުންނާއި ވަންނަ ދަރިވަރުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.

      8.            ދަރިވަރުންގެ ފީ ކާޑް ހެދުން

      9.            މިއިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ތައުލީމީ ފެންވަރު:

 1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. (%40)
 • މަސައްކަތުގެ ދާއިރާއިން (އެޑްމިންގެ ދާއިރާއިން ) ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ()
 • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. (%45)

ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް އަދި ޝަރުތު ހަމަވުމާއެކު ޤިރާއަތު ސެޓްފިކެޓް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 1. ވަޒީފާއަށް އެދޭ ސިޓީ
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ފެބްރުވަރީ 2020  އާއި 20 ފެބްރުއަރީ 2020 އާ ދެމެދު، އދ. އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ  އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

ޝޯޓް ލިސްޓްކުރުން:

 

30% (ތިރީސް އިންސައްތަ)

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680507 ނުވަތަ 6680039 ނަންބަރު ފޯނާއެވެ.     އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 

           08 ޖުމާދަލްއާޚިރާ 1441

           02 ފެބްރުވަރީ 2020

 

02 ފެބުރުވަރީ 2020
ހޯދާ