ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( މަސައްކަތު )

        

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-255662

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާރފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ދަރަވަންދޫ ޞިއްޙީމަރުކަޒު / ބ. ދަރަވަންދޫ 

މުސާރަ

-/3100ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް

1000/-ރ ( އެއްހާސް ރުފިޔާ)

 

 

އެހެނިހެން އެލަވަންސް:

-  ސަޕޯޓިންގް ކޯ އެލަވަންސް (މަހަކު -/1200 ރުފިޔާ)

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

 1. ޞިއްޙީމަރުކަޒުގެ ގޯތިތެރެ ، އަދި މަގުމަތި ވަށައިގެންވާ ސަރަހަދު  ކޮންމެ ދުވަހަކު ކުނިކަހާ ސާފްކުރުން. ސިއްޙީމަރުކަޒުގެ އިމާރާތުގެ އެތެރެއިން ކަނޑައެޅިފައިފާ ތަންތަން ކޮންމެ ދުވަހަކު ކުނިކަހާ މޮޕްލައި ސާފްކުރުން
 2. އިމާރަތުގެ ކަނޑައެޅިފައިވާ ތަންތަނުގެ ދޮރުތަކާއި، ދޮރުފަތްތައް އަދި ބިއްލޫރިތަކާއި ބިއްތަކުގައި ޖަހާފައިވާ މުށިތައް ހަފްތާއަކު 1 ފަހަރު ސާފްކުރުން،
 3. ޞިއްޙީމަރުކަޒުތެރޭގައިހުރި ފަޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން
 4. ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ފަރުނީޗަރ، މެޝިނަރީސް ފަދަ ތަކެތި ފޮހެ ސާފްކޮށް ބެލެހެއްޓުން
 5. އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ލިޔެކިއުމާއި އެހެނިހެން ތަކެތި ގެންދިއުމާއި، ގެނައުން، އަދި ގަންނަންޖެހޭ ތަކެތި ހޯދުން
 6. ހަމަޖެހިފައި އޮންނަ އުސޫލުން ގައުމީ ދިދަނަގާ ތިރިކުރުން.
 7. މަރުކަޒުގެ އެކިއިމާރަތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތައް ސާފުކުރުމުގެ ޒިންމާނެގުމާއި ވާރޭވެހޭ ދުވަސްތަކުގައި ދިޔަދޮވިތައްސާފުކޮށް ވާރޭފެންނެގުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުން.
 8. ހޮސްޕިޓަލުގެ ގޯތިތެރޭގައި ބަގީޗާގަސްއިންދުމާއި، އިންދާފައިހުރި ގަސްތަކަށް ފެންދިނުމާއި، ގަސްތައްކޮށުމާއި، ވިނަނޮޅާސާފުކޮށް ބެލެހެއްޓުން.
 9. އޮފީސްބައިންނަގާ ކަރުދާސްތައް ކޮންމެ ދުވަހަކު ނައްތާލުމާއި، މަރުކަޒުން ކޮށާގަސްތަކުގެ ކުންޏާއި، އެހެނިހެން ގޮތްގޮތުންއުކާލަންޖެހޭ ކުނިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ގެންދިއުން.
 10. އެކިތަންތަނަށް ހަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމާއި އަދި މަރުކަޒަށް ގަންނަންޖެހޭ ތަކެތިއަގުޖެއްސުމާއި، ފިހާރަތަކުން ނަގަންޖެހޭ ތަކެތި ނެގުން.
 11. މަރުކަޒުން އެކިތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، އެކިތަންތަނުން ހޮސްޕިޓަލަށް ގެންނަންޖެހޭތަކެތި ގެނައުން އަދި މުވައްޒަފުންނާއި، އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ ލިއުންތައް އެންގުން.
 12. މަރުކަޒުންއިންތިޒާމުކޮށްގެންބާއްވާބައްދަލުވުންތަކާއި،ފާހަނގަކުރާދުވަސްތަކާއި،މުނާސަބަތުތަކުގައިއެހީތެރިވުން.
 13. އަތޮޅުގެއެކިރަށްރަށްތަކަށާއި،މާލެއަށްހޮސްޕިޓަލުންކުރާދަތުރުތަކުގައިދާންޖެހިއްޖެހަލަތުގައިބައިވެރިވުން.
 1. އެޓެންޑެންޓަކު ޗުއްޓީނަގައިފިހާލަތެއްގައިޙަވާލުކުރެވޭއެމުވައްޒަފުގެމަސައްކަތްކުރުން.
 2. މީގެއިތުރުންއެހެންމުވައްޒަފުންގެމަސައްކަތުގައިއެހީތެރިވުމާއި،ހުރިހާމުވައްޒަފުންގުޅިގެންކުރާމަސައްކަތްތަކުގައިބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހަސިލް ކޮށްފައިވުން.

3- ލިޔަން ކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މިހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި  ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.( ލިބިފައިވާ ތަޢުލީމާޢި،މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު)

 2-  މަސައްކަތުގެ ތަޖުރިބާ ބަލައިގެން.( މަގާމުގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ތަޖުރިބާ )

 3-  ލިބިފައިވާ ހުނަރު(ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.)

 

ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓް ޖުމްލަ %35 ( ތިރީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ބ. ދަރަވަންދޫ ސިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 18 ފެބްރުއަރީ  2020 އާއި 27 ފެބްރުއަރީ 2020 އާ ދެމެދު، ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯރޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގެ 6600040 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ  [email protected] އެވެ.

04 ފެބުރުވަރީ 2020
ހޯދާ