ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

146-A1/2020/30:ނަންބަރު

އިޢުލާން

 މަޤާމު:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު :

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް (ވަގުތީ)

 މުއްދަތު:

 06 މަސް

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 2

 މަޤާމުގެ ރޭންކް:

 ޖީ.އެސް 4

 މަޤާމުގެ އަސާސީ މުސާރަ:

 5020.00 ރުފިޔާ

 މަސައްކަތް ކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު / ޕްރޮކިއުމެންޓް، ސްޓޮކް އެންޑް މެއިންޓެނެންސް

 އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ،

 - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 މަޤާމުގެ އަސާސީ ޝަރުތު:

 

 - ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 - ސްޓޮކަށް ހޯދޭ ތަކެތި ސްޓޮކަށް ވެއްދުމާއ، ހަމަޖެހިފައިވާ އުސޫލުން މުވައްޒަފުންނަށް ސްޓޮކުން ތަކެތި ދޫކުރުމާއި، ޤަވަޢިދުން ސްޓޮކް ބާކީ ބެލެހެއްޓުން.

 - ސްޓޮކުން މަދުވާ ތަކެތި ބަލައި، ސްޓޮކުން ތަކެތި ހުސްވުމުގެ ކުރިން އެކަމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ދުރާލާ ތަކެތި ހޯދުމަށް އެދި، ސްޓޮކުން އެތަކެތި މުވައްޒަފުންނަށް ދޫކުރުން.

 - ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް އެދޭ ލިޔެކިޔުންތައް ފުރިހަމަކުރުމާއި ސްޓޮކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ޤަވަޢިދުން ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 - އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި އެހީތެރިވުން.

 - އެސް.އޭ.ޕީ މެދުވެރިކޮށް ހެދޭ ޕާރޗޭސް އޯޑަރތަކަށް ގެންނަ މުދާ ލިބުމުން، އެސް.އޭ.ޕީ އިން އެތަކެތި ލިބުނުކަމަށް އަޕްޑޭޓްކުރުމާއި، ކޮންމެ މަހެއް ނިމުމުގެ ކުރިން ފުރިހަމަނުކުރެވިހުރި ޕާރޗޭސް އޯޑަރތައް ނިންމުން.

 - ކޯޓުގެ ޝަރީޢަތް ފޯރމުތައް ދުރާލާ ޕްރިންޓް ކުރުމަށްފަހު ކައުންޓަރުގައި ތިއްބަވާ އިދާރީ މުވައްޒަފުންނާއި ހަވާލުކުރުން.

 - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

 ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށްއެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 - އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

 - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ .

 ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

 ސުންގަޑި:

 12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން.

 އިތުރު މަޢުލޫމާތު:

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

 ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ފެބުރުވަރީ 2020
ހޯދާ