ހައްދުންމަތީ މާބައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ އާއި ގުޅޭ

ހައްދުންމަތީ މާބައިދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 

ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުންފެށިގެން މީލާދީ އެއްއަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 11:00 އަށް ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 11:00 އަށް ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމާއި، އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ ކުންފުނި/ ޖަމްޢިއްޔާ އަކުންނަމަ ކުންފުނި/ ޖަމްޢިއްޔާގެ ވިޔަފާރި ރަޖިސްޓްރީ  ގެ ކޮޕީގެންނަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ޙާޟިރުވާނަމަ ބަދަލުހަމަޖެއްސިކަމުގެ ލިއުމާއި ބަދަލު ހަމަޖެއްސި ފަރާތުގެ އައިޑީކާޑް ކޮޕީ އާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑު ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ ތަމްސީލްކުރާފަރާތް އަންގައިދޭލިއުމާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ ގެންނަވަންވާނެއެވެ.

 

08 ޖުމާދަލްއާޚިރާ 1441ހ

02 ފެބްރުއަރީ 2020މ

02 ފެބުރުވަރީ 2020
ހޯދާ