ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:

މަސައްކަތު  ( ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުއްދަތު

1 އަހަރު

އޮފީސް / އިދާރާ

ސެކްޝަން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

ބުރުނީ ކުނިކޮށި ބެލެހެއްޓުން  

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1000.00 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް:

  • މިމަސައްކަތް ކުރާ ފަރާތަކަށް އިތުގަޑީގެ ފައިސާ ނުލިބޭނެއެވެ.
  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އެލަވަންސް ލިބޭނެއެވެ.

މަސައްކަތް އޮންނަ ދުވަހަކު ސަލާމުގައިހުރިނަމަ ސަރވިސް އެލަވަންސް ނުލިބޭނެއެވެ.

މަގާމުގެ ޝަރުތުތައް:

 

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ލިބިފައިވުން.
  2. އުމުރުން 18 އަހަރު ފުރިފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

  1. ކުނިކޮއްޓަށް ގެންނަ ކުންޏަކީ ބާވަތްތައް ވަކިކޮށްގެން ގެންނަ ކުނިތޯ ބަލައި އެކުނިތައް އެޅުމަށް ހަމަޖެހިފައިވާ ބައްތަކަށް ކުނިގެންނަ މީހުންލައްވައި ތަރުތީބުން ކުނިއަޅަމުން ގެންދިއުން
  2. ކުނިގޮނޑުގައި ހުންނަ ތަކެތި އައިޓަމްތައް ވަކިކުރުމުގެ މަސައްކަތް ކުރުން.
  3. ގާކުނޑިއުކުމަށް ހާއްސަކުރެވިފައިވާ ތަނަށް ގާއަޅަނީ ރަގަޅަށް ތަރުތީބުންތޯ ބަލައި ގާ ގެންނަ މީހުން ލައްވައި ތަރުތީބުން އަޅަމުން ގެންދިއުން.
  4. ކުނިކޮށްޓަށް ގެންނަ ރޯފަންތައް އަންދައި ކުނިކޮށި ސާފްކޮށް ބެލެހެއްޓުން.
  5. ކުނިކޮށީގެ ތެރޭގައި ގަސްހެދޭނަމަ ގަސްތައްއުފުރައިސާފްކުރުމާއި،ކުނިކޮށީގެވަށައިގެންވާ މަގުތައް ސާފްކުރުން
  6. ކުނިކޮށްޓަށް ލިބެމުންދާ ގެއްލުންތައް ސްޕަވައިޒަރު މެދުވެރިކޮށް ޤަވާޢިދުން ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
  7. ރާއްޖޭގެ ގައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކާއި އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ހަފްލާ ތަކާއި ރަސްމިއްޔާތު ތަކުގައި އަދި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވރިވުން.
  8. އޮފީހުގެ މަސައްކަތުގެ މާހައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުން އަދި ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ވަޒީފާގެ ދާއިރާގެ ތެރެއިން އެހެނިހެން ކަންތައްތައްކުރުން

ވަޒީފާއަށް އެންމެގާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް:

  1. ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން 
  2. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަރވިއުކޮށްގެން

އިންޓަރވިއުއަދިޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ބުރުނި ކައުންސިލްގެ އިދާރާގައެވެ. އަދި އިންޓަވިއު ކުރާނެ ތާރީޚާއި ވަގުތު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް 2 ދުވަސް ކުރިން އެންގޭނެއެވެ.

ސޯޓް ލިސްޓް ކުރުން

މިވަޒީފާއަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއް އިންޓަވިއުގައި ބައިވެރި ކުރެވޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

05 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

5. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. މަސައްކަތު ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

7.ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ.  މެއިލް ކުރާނީ [email protected]  އަށެވެ. މެއިލް/ ފެކްސް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

03 ޖުމާދުލްޢާޚިރާ 1441

                                     28   ޖަނަވަރީ   2020

28 ޖަނަވަރީ 2020
ހޯދާ