ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
Part-time lecturer

 

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މާލެ އާއި ބައެއް ރަށްތަކުގައި 2020 ވަނަ އަހަރު ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

 މާއްދާ / މަސައްކަތް އޮންނަ ރަށް

  1.  ޓީޗިންގ ލިޓްރަސީ އިން އާރލީ އިޔާރސް 2 (ENG309) / ކ.މާލެ
  2.  އިންގްލިޝް ލިޓްރެޗަރ އިން ކޮންޓެކްސްޓް (ENG305) / ކ.މާލެ
  3. އާރލީ އިންޓަރވެންޝަން ފޮރ ލޭންގުއެޖް ލާނާރސް (ENG403) / ކ.މާލެ
  4. އެސެސްޝިއަލް އިންގްލިޝް (ENG213) / ކ.މާލެ
  5. މެތަމެޓިކަލް މެތަޑްސް (MAT305) / ކ.މާލެ
  6. ޑިފަރެންޝިއަލް އީކުއޭޝަންސް (MAT405) / ކ.މާލެ
  7. އިންޓަރވެންޝަންސް އިން މެތަމެޓިކްސް (CST355) / ކ.މާލެ
  8. މެކޭނިކްސް (MAT209) / ކ.މާލެ
  9. ކޮމްބައިންޑް ސައިންސް 1 (SCI309) / ގދ.ތިނަދޫ ކެމްޕަސް
  10. ކޮމްބައިންޑް ސައިންސް 2 (SCI317) / ގދ.ތިނަދޫ ކެމްޕަސް
  11. އިންޓްރޮކްޝަން ޓު ކަރިކިޔުލަމް ސްޓަޑީޒް (CST101) / ކ.މާލެ
  12. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ (EST101) / ކ.މާލެ
  13. ކްލާސްރޫމް މެނޭޖްމެންޓް (EST213) / ކ.މާލެ
  14. އަންޑަސްޓޭންޑިންގ އެންޑް މެނޭޖިންގ ބިހޭވިއަރ،އިމޯޝަނަލް އެންޑް ސޯޝަލް ޑިފިކަލްޓީޒް (EST225) / ކ.މާލެ
  15. ޕްރެކްޓިކަމް III ފޮރ ޕްރައިމަރީ (PRM325) / ކ.މާލެ، ޅ.ނައިފަރު
  16. ޕްރެކްޓިކަމް III ފޮރ ސެކެންޑަރީ (PRM327) / ކ.މާލެ
  17. ކްލާސްރޫމް މެނޭޖްމެންޓް (EST213) / ކ.މާލެ
  18. އެސެސްމެންޓް އެންޑް އިވެލުއޭޝަން (EST207) / ކ.މާލެ
  19. އާރޓް އެޑިޔުކޭޝަން 1 (ART205) / ހދ.ކުޅުދުއްފުށީ، ސ.ހިތަދޫ
  20. ޓީޗިންގ އެންޑް ލާރނިންގ އިސްލާމް 1 (CST121) / ހދ.ކުޅުދުއްފުށީ، ސ.ހިތަދޫ
  21. ސޯޝަލް ސައިންސް 2 (SOC301) / ކ.މާލެ، ހދ.ކުޅުދުއްފުށި
  22. ފިޒިކަލް އެޑިޔުކޭޝަން 1 (PHE201) / ހދ.ކުޅުދުއްފުށި، ސ.ހިތަދޫ
  23. އަންޑަސްޓޭންޑިންގ ސޮސައިޓީ (SOC201) / ކ.މާލެ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ. ،200 ލެވެލް ގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

ނޯޓް:

 - މަތީގައި ދެންނެވިފައިވާ ގިނަ މާއްދާތަކަކީ ބްލޮކް މޯޑުން ހިންގޭ ކޯސްތަކުގައި ކިޔަވައިދެވޭ މާއްދާތަކެކެވެ. ބްލޮކް މޯޑް ކޯސްތައް ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ހިމަނައިގެންނެވެ.

 - އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

 - އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠުހަމަވާ ކެނޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ފެކަލްޓީން ގުޅުއްވާނެއެވެ.

 - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ސުންގަޑި: 2020 ފެބްރުއަރީ 4 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

30 ޖަނަވަރީ 2020
ހޯދާ