ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރު ބުރުނީގައި ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުން

1441 ވަނަ އަހަރު ބުރުނީގައި ތަރާވީޙް ނަމާދު

ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ

ފަރާތެއް ހޯދުން

 

            1441 ވަނަ އަހަރު ރަމަޟާން މަހު ބުރުނީގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، ތިރީގައި މިދަންނަވާ ޚަރަދުތައް ހަމަޖައްސައި ދެވޭނެ ފަރާތްތަކުން 12 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ ރަސްމީ ގަޑި ނިމުގެގެ ކުރިން ލިޔުމަކުން މިއިދާރާގެ [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ހަމަޖައްސަންޖެހޭ  ޚަރަދުތައް  

* ޙާފިޒު ރާއްޖެއިން ބޭރުން ގެނައުމާއި އަނބުރާ ގެނައި ގައުމަކަށް ފޮނުވުމަށް ކުރަންޖެހޭ ދެކޮޅު ޓިކެޓް ޚަރަދު

* ޙާފިޒު ރާއްޖެ އައުމުން މާލޭގައި މަޑުކުރުމުގެ ހަރަދާއި މާލެއިން ސީދާ ބުރުންޏަށް ފޮނުވައިދިނުމުގެ ދަތުރު ޚަރަދު

* ރަމަޞާން މަސް ނިމުމާއެކު ޙާފިޡު އަނބުރާ ބުރުނިން މާލެ ގެންދިއުމަށް ކުރާ ދަތުރު ޚަރަދާއި މާލޭގައި މަޑުކުރަންޖޭ މުއްދަތުގައި ހިނގާނެ ޚަރަދު

* ޙާފިޡު ރާއްޖެއިން ފުރުމުގެ ކުރިން ދޭންޖެހޭ އެލަވަންސް ފައިސާ ދިނުން

* މިޚަރަދުތަކުގެ ތެރޭގައި އިންޝުއަރެންސް ކުރަންޖެހޭނަމަ އެފައިސާއަކާއި އަދި އިމިގްރޭޝަނުންނާއި ދައުލަތުގެ އެހެނިހެން ވުޒާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ޙާފީޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނަސްދޭ  ފަރާތަކުން

             އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6780038 ގުޅުއްވުން އެމަޢުލޫމާތެއް ސާފްކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2020
ހޯދާ