ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލަށް މީހުން ނެގުމާބެހޭ

 ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލަށް މީހުން ނެގުމާބެހޭ

 

މިރަށުގައި ހުރި މިސްކިތްތަކުގެ މަސައްކަތު  މުއައްޒަފުން ސަލާމް ބުނުން އަދި އަހަރީ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ވޭޖްގެ އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއެވެ.

މަޤާމް:

މިސްކިތު މަސައްކަތު ( ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް )

 

ބޭނުންވާ ޢަދަދު:

02 (ދޭއް)

 

މަޤާމް އޮތް އޮފީސް:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ބުރުނީ މިސްކިތްތައް

 

މުއްދަތު:

 (01 އަހަރު)

 

މަޤާމުގެމައިގަނޑުމަސްޢޫލިއްޔަތު:

  1. ކޮންމެ  ފަރުޟު އަދި ސުންނަތް ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި (އޭސީ ނުކުރާ މިސްކިތް)، ލައިޓްތައް ދިއްލުމާއި، ފަންކާތައް ޖެހުން (އޭސީ ނުކުރާ މިސްކިތް). އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުންނެތް ދިމާލުގައި ޖަހާފައިހުންނަ ފަންކާއާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވާލުމާއި ދޮރުތައް ލެއްޕުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިންނާއި 15 ފަހުން މިސްކިތް ފޮޅާ ސާފްކުރުމާއި  ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ރަނގަޅަށް ސާފްކުރުން
  3. މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތަކާއި އޭސީތަކާއި ދިއްލުންތައް ހަފްތާއަކު 1 ފަހަރު ފޮޅާ ސާފްކުރުން
  4. މިސްކިތުގައި ޖަހާފައިވާ ދިއްލުމެއް އަނދައިފިނަމަ ލަސްނުކޮށް އެދިއްލުމެއް ނަގައި އައު ދިއްލުމެއް ހަރުކުރުން
  5. ކޮންމެ ދުވަހަކު ވެސް އިރު އޮއްސުމުގެ ކުރިން މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ލައިޓްތައް ދިއްލުމާއި، އިރުއެރުމަށްފަހު ކޮންމެހެން ނިންވަންޖެހޭ ލައިޓްތައް ނިންވުން.
  6. މިސްކިތުގައާއި މަގުފާރުގައި އުނގުޅިފައި ހުންނަ ހަޑިތަކެތި ފެންޖަހައި ދުވަހުން ދުވަހަށް ސާފްކުރުން
  7. މިސްކިތާއި ވުލޫކުރާ އިސްކުރުބަރީގައި ހޯނުފަދަ ދިރޭ ތަކެތި އުޅޭ ނަމަ އެތަކެތި އޮތްތަނަކުން ބޭރުކުރުން.
  8. މިސްކިތުގައި ބިއްލޫރިން ދޮރުތައް ހަދާފައިވާނަމަ އެދޮރުތައް ވިންޑޯސް ކްލީން ލައިގެން ހަފްތާއަކު 1 ފަހަރު ދޮވެ ސާފް ކުރުން އަދި ބިއްލޫރި ނުލައްވާ ދޮރުތަކާއި ތޭރިތައްވެސް ހަފްތާއަކު 1 ފަހަރު ފޮހެ ސާފް ކުރުން
  9. ފުރާޅުގެ މައްޗާއި  ދިޔަދޮވި ތެރެއަށް އެއްޗެއް ވެއްޓިފައިވޭތޯ ބަލައި ފުރާޅާއި ދިޔަދޮވި ސާފްކުރުން.
  10. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޙާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދާފެންދީބެލެހެއްޓުމާއި،އަދިގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކި ބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  11. ވުޞޫކުރާ އިސްކުރުބަރިއާއި ފާޚާނާގެތެރޭގައި ހަރުކޮށްފައިވާ އިސްކުރުން ފެންލީކްވޭތޯބަލައި ފެންލީކްވާނަމަ އެއިސްކުރު ބަދަލު ކުރުމާއި، މޯޓަރުން ފެން ލީކްވޭތޯ ބަލައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.
  12. މިސްކިތުގެ ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. މިސްކިތުގައި ބޭއްވުމަށް އިންތިޒާމް ކުރާ ދީނީ ނަސޭޙަތްދިނުމަށް ތައްޔާރު ކުރަންޖެހޭ ކަންކަން ކުރުން
  14. ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން.
  15. މިސްކިތުގެ ވަޅު ހަޑިވުމުން ވަޅުދިޔަހިއްކާ ސާފުކުރުން
  16. މިސްކިތަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ސްޕަވައިޒަރު މެދުވެރިކޮށް ކައުންސިލް އިދާރާއަށްއަންގަމުންގެންދިއުމުގެއިތުރުންމިސްކިތުގައި ކުރަންޖެހޭ ކުދި ކުދި މަރާމާތުތައް ކުރުން
  17. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން.
  18. މިސްކިތް ބެލެހެއްޓުމާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން.
  19. ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

މަޤާމް

ޝަރުޠު

އުޖޫރަ ދެވޭނެ ގޮތް

ސަރވިސް އެލަވަންސް

 

މަސައްކަތު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ގަޑިއިރަކަށް

45.00 ރުފިޔާގެ ރޭޓުން

ނެތް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން،
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ،
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި އަދި ސިފަތައް

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާއިންޓަވިއުކުރުން އޮންނާނެ

 ތާރީޚާއި ތަން:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ބުރުނި ކައުންސިލްގެ އިދާރާގައެވެ. އަދި އިންޓަވިއު ކުރާނެ ތާރީޚާއި ވަގުތު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް 2 ދުވަސް ކުރިން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

5. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. މަސައްކަތު ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ސޯޓް ލިސްޓް ކުރުން

މިވަޒީފާއަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއް އިންޓަވިއުގައި ބައިވެރި ކުރެވޭނެއެވެ.

 

މަގާމަށް އެދެންވީ ގޮތާއި

ސުންގަޑި:

09 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެން

 

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަމްބަރަކީ 6780038 އެވެ  މެއިލް ކުރާނީ [email protected]  އަށެވެ. މެއިލް/ ފެކްސް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 
 

05  ޖުމާދުލްޢާޚިރާ 1441

                                      30   ޖަނަވަރީ   2020

30 ޖަނަވަރީ 2020
ހޯދާ