ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް ބިމާއި އިމާރާތް ކުއްޔަށް ދޫކުރުން

     ވިޔަފާރި ކުރުމުގެ މަސައްކަތް ކުރުމަށް ޒަމާނީ ހިންގުމާއި ނާރެސް މަގާއި އެންއިންވެގެން އިމަގުވެހި ގޯތީގެ ހުޅަނގުން އޮތް ބިމާއި އިމާރާތާއި، އަދި ޒަމާނީ ހިނގުމާއި ކާމިނީ ގޯޅިއާއި އެންއިންވެގެން އިމަގުވެހި ގޯތީގެ ހުޅަނގުން އޮތް ބިމާއި، އިމާރާތް ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2019/126 ( 08 ޑިސެންބަރު 2019 ) ގެ އިޢުލާނަށް އެކަށީގެންވާ އަގުތަކެއް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، ވިޔަފާރި ކުރުމަށް އެ ދެބިމާއި އިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން  2020 ފެބުރުވަރީ 04 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2020 ފެބުރުވަރީ 09 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

     ވިޔަފާރި ކުރުމަށް ބިމާއި އިމާރާތް ކުއްޔަށް ހިފުމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

     ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށްލައި ބަންދުކޮށް ވިޔަފާރި ކުރުމަށް ބިމާއި އިމާރާތް ކުއްޔަށް ހިފުމަށް ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. 

     މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖަނަވަރީ 2020
ހޯދާ