ފެމިލީ ކޯޓް
ދިވެހިރާއްޖެ
2020 ވަނަ ދުވަހު ފެމިލީ ކޯޓުގައި ކާވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

146-A1/2020/21:ނަންބަރު

އިޢުލާން

 

     ފެމިލީ ކޯޓުގައި ކާވެނިކޮށްދިނުމާއި ގުޅޭގޮތުން 2019 ޑިސެމްބަރ 17 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު 146A1/2019/239 އިއުލާން ބާތިލްކޮށް، 2020 ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުގައި ކާވެނިކޮށްދޭގޮތަށް ހަމަޖައްސާފައިވާތީ، އެކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި ރަމަޟާން މަހު ރަސްމީގަޑީގައި ކާވެނިކޮށްދޭ ގަޑިތައް ފަހުން އިޢުލާންކުރެވޭނެއެވެ. މިގޮތަށް ހަމަޖެހުމާއި ގުޅިގެން 2020 ވަނަ އަހަރު ފެމިލީ ކޯޓުން ކާވެނިކޮށްދޭނީ ތިރީގައި އެވާ ގަޑިތަކުގައެވެ.

2020 ވަނަ އަހަރު ފެމިލީ ކޯޓުގައި ކާވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

1)  ކޯޓުގައި:

ރަސްމީގަޑި

- ހެނދުނު:   10:00 އިން 11:30 އަށް

- މެންދުރުފަހު: 13:00 އިން 13:30 އަށް

ނުރަސްމީގަޑި

- 16:00 އިން 21:30 އަށް

2) ކޯޓުން ބޭރުގައި:

2020 އޭޕްރީލް 23 އިން މެއި 31 އަށް

- 21:45 އިން 22:45 އަށް

2020 ޖުލައި 26 އިން އޮގަސްޓް 03 އަށް

- 20:00 އިން 21:30 އަށް

     މަތީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތައް ފިޔަވައި 2020 ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ވެސް ހަވީރު 16:00 އާ 21:30 އާ ދެމެދު ކޯޓުން ބޭރުގައި ކާވެނިކޮށްދެވޭނެއެވެ.
 

05 ޖުމާދަލްއާޚިރާ 1441

30 ޖެނުއަރީ 2020

30 ޖަނަވަރީ 2020
ހޯދާ