އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސުޕަރވައިޒަރ

ވަޒީފާގެ ފުރުސަތު

 

މިކުންފުނީގެ ފަރާތުން 13 ޖެނުއަރީ 2020 ގައި ކޮށްފައިވާ ނަންބަރުIUMH-AD/I/2020/05   އިޢުލާނު އާއި ގުޅުވައިގެން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

                   ނަންބަރު:IUMH-AD/I/2020/09

މަޤާމު:

ސުޕަރވައިޒަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • 6,000.00 – 8500.00 ރުފިޔާ

މަޤާމުގެ ގިންތި:

  • ވަގުތީ - މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

(ނޯޓު: މަސައްކަތުގެ ފެންވަރާއި މުވައްޒަފުގެ ހުނަރަށް ބަލާ، އެއް އަހަރު ދުވަހުގެ ފަހުން ކޮންޓްރެކްޓް އާކުރުމަށް މެނޭޖްމަންޓް އިން ބޭނުންވާކަމުގައިވާނަމަ އަދި މުވައްޒަފު އެދޭނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިތީގެ ކެންޓީން

މަޤާމުގެ ޝަރްޠުތައް:

  1. މަތި ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން
  4. ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބަލަހައްޓާކަން ޔަޤީންކުރުން.
  • ކައްކާ، ކިޗަން ހެލްޕަރޒް، ވެއިޓަރޒް އަދި ކޭޝިއަރޒްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެންމެ ފުރިހަމައަށްތޯ ބަލާ ސުޕަރވައިޒްކުރުން.
  • ކެންޓީންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޯމަންސް އެނަލައިޒްކުރުން.
  • ކެންޓީން ހިންގުމަށް ދަތިތަކެއް ކުރިމަތިވާކަމުގައިވާނަމަ ވީ އެންމެ އަވަހަށް ކުންފުންޏަށް ހިއްސާ ކުރެއްވުމާއި، ދަތިތަށް ހައްލުކުރުން
  • ކެންޓީން ހިނގަމުންދާ ގޮތުގެ ޑެއިލީ އަޕްޑޭޓްސް ކުންފުންޏަށް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތައް.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން  ލިބެން ހުންނާނެއެވެ.)
  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 04 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ. ލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 15:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

29 ޖަނަވަރީ 2020
ހޯދާ