ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހިރިޔާ ސްކޫލަށް 15 ޓީ.ވީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި HS-B/IUL/2020/01 ނަންބަރު އިޢުލާންގައި ވާ، ޓީ.ވީ ގެ އަދަދަށް ބަދަލުގެނައުމަށް ބޭނުންވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ހިރިޔާ ސްކޫލަށް 55 އިންޗީގެ 17 ޓީ.ވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބްރުވަރީ 02 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ހިރިޔާ ސްކޫލުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2020 ފެބްރުވަރީ 09 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ހިރިޔާ ސްކޫލުގައެވެ.
އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ބީލަން ފޮތް (މަޢުލޫމާތު ޝީޓް/ ފޯމްތައް) މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.