މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކޮންޓްރެކްޓް މަސައްކަތު މަޤާމުތަކަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ގިރިފުށީ ޓްރޭނިންގ ސެންޓަރ

2

ގިރިފުށި

ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސް

1

މާލެ

އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ހދ. ހަނިމާދޫ ޕޯސްޓް

1

ހދ. ހަނިމާދޫ

އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ޅ. މާފިލާފުށި ޕޯސްޓް

1

ޅ. މާފިލާފުށި

އެމް.އެން.ޑީ.އެފް މާލޭ އޭރިޔާ ހުޅުލެ ޕޯސްޓް

3

ހުޅުލެ

އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާ ލ. ކައްދޫ ޕޯސްޓް

2

ލ. ކައްދޫ

ކްއާޓަރ މާސްޓަރ ސަރވިސް

1

މާލެ

މަޤާމު:

މަސައްކަތު

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،   2020 ފެބުރުވަރީ 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން   މި މިނިސްޓްރީއަށް ނުވަތަ

1-      ޅ. މާފިލާފުށި ޕޯސްޓްގެ ވަޒީފާއަށްއެދޭ ފަރާތްތަކުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ/

2-      ހދ. ހަނިމާދޫ ޕޯސްޓްގެ ވަޒީފާއަށްއެދޭ ފަރާތްތަކުން  ހދ. ހަނިމާދޫ ކައުންސިލްގެ އިދާރާ/

3-      ލ. ކައްދޫ ޕޯސްޓްގެ ވަޒީފާއަށްއެދޭ ފަރާތްތަކުން ހައްދުއްމަތީ އަތޮޅު ކައުސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

                  04 ޖުމާދަލްއާޚިރާ 1441

 

29 ޖަނަވަރީ 2020
ހޯދާ