ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ކްލިނިކަލް ނާރސް
ބޭނުންވާ އަދަދު :10

 

އިޢުލާން 

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް: ކްލިނިކަލް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ރެޖިސްޓަރޑް ނަރސް
މަޤާމުގެ ނަންބަރު:  
ބޭނުންވާ އަދަދު:  10 (ދިހަ ނަރުހުން)
މަޤާމުގެ ގިންތި:  ދާއިމީ
މަޤާމުގެ ކްލެސިފިކޭޝަން:  ނަރސިންގ ޕްރޮފެޝަނަލްސް 
ޑިވިޝަން / ޑިޕާރޓްމަންޓް:  ނަރސިންގ
ވަޒީފާ އަދާކުރަން ޖެހޭ ތަން:  ލ.ގަމު ރީޖަނަލް ހޮސްޕިޓަލް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނަރސިންގ ކެއަރ ރާވާ، ޚިދުމަތްދީ، އިވެލުއޭޓް ކުރުން.
  2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން، އެހެން ޞިއްޙީ ޕްރޮފެޝަނަލުންނާ އެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާއެއްގޮތަށް ފަރުވާ ދިނުން.
  3. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  4. ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ، ނަރުހުންނަށް އުގަންނާދިނުމުގެ ހަރަކާތްތަކާއި، ޞިއްޙީ ހޭލުންތެރިކަމާއި ޞިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  5. މަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި، ފަރުވާކުރުމާއި ކެއަރ އާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވާދިނުން.
  6. އެހެން ނަރުހުންނާއި، ބަލިމީހާއަށް ޕަރސަނަލް ކެއަރ ދޭ އެހެން ޞިއްޙީ ޚިދުމަތްތެރިން ސުޕަރވައިޒްކޮށް ވިލަރެސް ކުރުން.
  7. ނަރުސްކަމާއި ނަރުސްކަމުގެ އިޖުރާއަތުތަކާ ބެހޭ ދިރާސާތައްކޮށް، ސައެންޓިފިކް ލިޔުންތަކާއި ރިޕޯޓްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުން.
  8. ނަރސް މިޑްވައިފުންގެ ތަމްރީން ވެފައިވާނަމަ އެމަގާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
  10. ބަލިމީހާގެ ޞިއްޙީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު، މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުން.
  11. ނަރސިންގ ކެއަރގެ ތެރޭން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ޞިއްޙީ ޕްލޭންތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުން.
  12. އިމަރޖެންސީ ހާލަތްތަކުގައި ފުރަތަމަ އެހީގެ ފަރުވާ ދިނުމާއި އެހީތެރިވުން.
  13. ނެޝަނަލް މެޑިކަލް އިމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުންނަށް ފުރަތަމަ އެހީ ދިނުމާއި، އިތުރު ފަރުވާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  14. ބަލިމީހާގެ ސިއްރުތައް ހިފަހައްޓާ ރައްކާތެރިކަން ދިނުން.

މަޤާމުގެ ޝަރުޠުތައް:

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

 

 މަޤާމުގެ އަސާސީ މުސާރ، މަހަކު (ރުފިޔާ)

ރެޖިސްޓަރޑް ނަރސް

 

 

 CS8-1

ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 -/9060

 CS8-2

ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.  -/9210
 CS8-3 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން  -/9360
ސީނިއަރ ރެޖިސްޓަރޑް ނަރސް    CS10-1 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  -/9670
 CS10-2  ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން  -/9920
 CS10-3  ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.  -/10,160
ކްލިނިކަލް ނަރސް    CS12-1  މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  -/10,410
 CS12-2  ކްލިނިކަލް ނަރސް، ސީއެސް12-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.  -/10,660
 CS12-3  ކްލިނިކަލް ނަރސް، ސީއެސް12-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.  -/10,940
ސަރވިސް އެލަވަންސް: ހޮސްޕިޓަލް ލެވެލް 3 އަދި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/188 ރުފިޔާ
އިތުރު އިނާޔަތްތައް:
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.  
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ. 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުވަރީ 2020 ގެ 14:00 ގެ ކުރިން، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ފެބުރުވަރީ 2020 އާއި 20 ފެބުރުވަރީ 2020 އާއި ދެމެދު، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީސެކްޝަން ގައެވެ.
''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)'' އާންމުކުރުން: އިންޓަވިއު ބާއްވާތާ ރަސްމީ ބަންދޫ ނޫން 5 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)'' އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800703 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

29 ޖަނަވަރީ 2020
ހޯދާ