މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތުގެ މަޢުލޫމާތު ހޯދުން

މި ރަށުގެ ދެކުނުފަރާތު، ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުން، ދަނބުގެ މުޙައްމަދު ރަމީޒަށް (ފައިބަރގްލާސް މަސައްކަތްކުރުމަށް) ދޫކުރެވިފައިވާ ވަގުތީ ކުލީބިމުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކެއް ވާނަމަ، 10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރުއްގަހުގެ ރަޖިސްޓަރީ ހިއްޕަވައިގެން ދުރުވެ، މި އިދާރާގެ މުނިސިޕަލް ސަރވިސް ޔުނިޓަށް އެ މަޢުލޫމާތު ޙިއްޞާކުރެއްވުން އެދެމެވެ. މި ބިން ދޫކުރެވިފައިވަނީ ބިމުގައި ހުރި ރުއްގަސް ނަގައި، ފައިބަރގްލާސް މަސައްކަތްކުރެވޭނެ ތަނެއް ހަދައި، މަަސައްކަތް ތަރައްޤީކޮށް ކުރިޔަށް ގެންދިއުމަށެވެ.

ނޯޓް: މުޙައްމަދު ރަމީޒު ކުލީބިމުގެ ބޮޑުމިނަކީ ދިގު: 53ފޓ، ފުޅާ 43ފޓ އެވެ. މުޙައްމަދު ރަމީޒުގެ ކުލީބިމާއި ޢަބްދުﷲ ޖަމާލުގެ ކުލީބިން(ހަރުގެ) އާއި ދެމެދުހުރި ދުރުމިނަކީ 51ފޓ އެވެ. 

 

29 ޖަނަވަރީ 2020
ހޯދާ