މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫގެ ކަރަންޓުގެ ނެޓްވޯކްގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ހައިވޯޓޭޖް ޓްރާންސްފޯމަރ ބެހެއްޓުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ދޫކުރެވިފައިވާ 03 ބިމުގައި ހުރި ރުއްގަހުގެ ބަދަލުދިނުމާ ގުޅޭ

 އިޢުލާން

                    ނ. މަނަދޫގެ ކަރަންޓުގެ ނެޓްވޯކްގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ހައިވޯޓޭޖް

ޓްރާންސްފޯމަރ ބެހެއްޓުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ދޫކުރެވިފައިވާ 03 ބިމުގައި ހުރި ރުއްގަހުގައި މި ޢިދާރާގެ

ފަރާތުން ރަތްކުލައިގެ ބަންދު އަޅާ ނަންބަރު ޖަހާފައިވާނެއެވެ.

                   ވީމާ މިރުއްގަސް ތަކުގެ ވެރިން 13 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހު މިޢިދާރާ

ބަންދުވުމުގެ ކުރިން މި ޢިދާރާއަށް ދުރުވެ ޖަހާފައިވާ ނަންބަރާއި އެތަކެއްޗާއިބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.

                   13 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ފަހުން އެތަން ސާފުކުރާއިރު ވަކިގޮތަކަށް ނުނިމި

ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        03 ޖުމާދުލްއާހިރާ 1441

28 ޖަނަވަރީ 2020
ހޯދާ