ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަގާމު:

ޕްރޮޖެކްޓް އޮފިސަރ

މަގާމުގެ ނަންބަރ:

J-315880

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް 2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާ

މުސާރަ:

 6,295.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު  2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް: މަގާމުގެ ކޯ ޑިސިޕްލިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވާރކުގެ ލެވެލް 07 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުވައްޒަފުގެ އަސާސީ މުސާރައިގެ %28 އިންސައްތަ ހަމަޖެހިގެންދާނެއެވެ.

ނުވަތަ

ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މި އިދާރާއިން ކުރިއަށް ގެންދަން ރާވާފައިވާ އެންމެހައި ޕްރޮޖެކްޓްތަކާއި ބެހޭ އިދާރީ މަސައްކަތްތައް ކުރުން.
  2. ކައުންސިލްގެ އިދާރާއަށާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކުގެ ކައުންސިލުން ހިންގަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، މަޝްރޫޢުތަކުގެ ލިޔެކިޔުން ދިރާސާކޮށް އެކަމަށް ދާނެ ޚަރަދުތަކުގެ އަންދާޒާ ތައްޔާރުކޮށް ކައުންސިލުގެ މަޝްވަރާއާއި އެކު ލިޔެކިޔުން ފާސްކޮށް އިޢުލާންކުރުމާއި، ބީލަމުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ، އަންދާސީ ހިސާބުގެ އިވެލުއޭޓް ރިޕޯރޓް ތައްޔާރު ކުރުން.
  3. ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމާއި، ރަށުގައި ހިންގަމުން ގެންދާ ރަށުގެ ތަރައްޤީއާއި ގުޅޭ އެކިއެކި މަޝްރޫޢުތައް މޮނިޓަރ ކުރުމާއި މޮނިޓަރިންގ ރިޕޯރޓާއި މަޝްރޫޢުތަކުގެ ރިޕޯޓްތައް ހަދާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  4. ސަރުކާރުންނާއި އެހީދޭ ޖަމްޢިއްޔާ ތަކުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ސްޕަރވައިޒް ކުރުމަށް ރަށު ކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢްތައް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ސްޕަރވައިޒްކޮށް ކަމާއިބެހޭ ފަރާތަށް ރިޕޯރޓްކުރުން.
  5. މަޝްރޫޢުތަކުގެ މަސައްކަތާއި ގުޅިގެން ބައްދަލުވުންތައް އިންތިޒާމް ކުރުމާއި، ކުރިއަށްދާ މިންވަރު ވަޒަންކުރުމާއި، ކުރިއަށް ރޭވުމާއި، ބައްދަލުވުންތަކުގެ ޔަވްމިއްޔާ ނޯޓްކުރުން.
  6. މަޝްރޫޢަކާއި ގުޅިގެން ތައްޔާރުކުރެވޭ ލިޔުންތަކުގެ ފެންވަރު ހިފެހެއްޓުމާއި ޞައްޙަކަން ކަށަވަރުކުރުމާއި އެކު ޕްރޮޖެކްޓް ކުރިއަށް ދާ މިންވަރާއި ފެންވަރުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ސްޕަރވައިޒަރަށް އެންގުން.
  7. މަޝްރޫޢުތައް ހިންގުމަށް ދިމާވެދާނެ މައްސަލަތައް ދަނެގަނެ ކުރިއާއި ލައި ފިޔަވަޅު އެޅުން.
  8. އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތް ކުރުން.
  9. މަޝްރޫޢު ހިންގަން ޙަވާލުކުރާ ފަރާތްތަކާއި މެދު ވެވޭ އެއްބަސްވުން ތައްޔާރުކޮށް ކަނޑައަޅާ ދުވަހަށް ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  10. ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠު:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި  ޕްރޮޖެކްޓު މެނޭޖުމަންޓު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމަށް %35
  2. ތަމްރީނަށް  %5
  3. ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށްފައިވާނަމަ %5
  4. ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާއަށް
  5. އިންޓަވިއު   %40

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ފެބްރުވަރީ 2020 އާއި 13 ފެބްރުވަރީ 2020 އާ ދެމެދު، ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 05 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ،A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840006 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

27 ޖަނަވަރީ 2020
ހޯދާ