މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

 

އިޢުލާނު

މަޤާމް:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ނަންބަރު:

J-321642

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

7،035 ރުފިޔާ

ސަރވިސް އެލަވަންސް:

2،000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4-  ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/900 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ ކޮމްޕިއުޓަރ ސައިންސް އެވެ)

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ބޭނުންކުރާ އާލާތްތަކުގެ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ބަލާ ރަގަޅުކުރުން.

(ހ) ކޮމްޕިއުޓަރުތަކުގެ ސޮފްޓްވެއަރތައް އަޕްގްރޭޑް ކުރުމާއި، ވައިރަސްއިން ސަލާމަތްކޮށްދިނުމާއި، ސޮފްޓްވެއަރ އިންސްޓޯލްކޮށް ބެލެހެއްޓުން.

(ށ) އޮފީހުގެ މަސައްކަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އޮފީހުގެ މަސައްކަތުގައި ބޭނުންކުރާ ކޮމްޕިއުޓަރ ޕްރޮގްރާމުތައް ބޭނުންކުރާނެގޮތުގެ ބޭސިކް ދަސްކޮށްދިނުން.

(ނ) އީމެއިލް ސިސްޓަމް ބެލެހެއްޓުން.

(ރ) ވެބްސައިޓް ބެލެހެއްޓުން

2-     ޕޮލިޓެކްނިކަށް ބޭނުންވާ ގްރެފިކް ޑިޒައިން ކުރުން.

3-     އޮފީހުގެ ޚިދުމަތްތައް މާކެޓްކޮށް ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުކުރުމަށް ތައްޔާރުކުރަންޖެހޭ ތަކެތި ތައްޔާރުކޮށް މާކެޓްކުރުމަށް އެހީތެރިވުން.

4-     ލޭން ނެޓްވާރކް ބެލެހެއްޓުން.

5-     އޮޑިޓޯރިއަމްގެ ސައުންޑް ސިސްޓަމް އާއި ޕްރޮޖެކްޓަރތައް އަދި ކްލާސްރޫމްތަކުގެ ޕްރޮޖެކްޓަރތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

6-     ސެކްޝަންގެ މަސައްކަތްތައް ކުރުމަށް ޙަވާލުކުރާ މުވައްޒަފުންނަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ކުރާގޮތް ކިޔައިދީ އޮޅުންފިލުވައިދީ މަސައްކަތްކުރަން ދަސްކޮށްދިނުން.

7-     މޯލްޑިވްސް ޕޮލިޓެކްނިކްގެ ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަނގަޅައް ބެލެހެއްޓުން.

8-     މޯލްޑިވްސް ޕޮލިޓެކނިކްގެ ކުލާސް ރުމްތަކާއި ޕޮލިޓކްނިކްގެ ކެންޕްސްތަކުގެ ޓެކްނިކަލް މަސައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުން.

9-     އޮފީސް ޑިއުޓީ އަދާކުރުމަށް ޖެހިއްޖެ ޙާލަތެއްގައި އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސްހުޅުވާ ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން  ޒިންމާދާރު ގޮތެއްގައި ބަލާ ޗެކްކުރުން).

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ނުވަތަ،

ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ·        މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 09 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު /

ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 10 ފެބްރުވަރީ 2020 އާއި 20 ފެބްރުވަރީ 2020 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305414 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

27 ޖަނަވަރީ 2020
ހޯދާ