ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ގދ.ފިޔޯރީގައި ހުރި ޕީ އެސް އެމްގެ 40 މީޓަރު ޓަވަރު ވިއްކާލުން

 

ނަންބަރު:   (IUL)PSM-HA/PSM/2020/10

 

އިޢުލާން

ގދ. ފިޔޯރީގައި ހުރި މި ކުންފުނީގެ 40 މީޓަރގެ ޓަވަރު ވިއްކާލުމަށް އަލުން އިޢުލާން ކުރުން

 

މިކުންފުނީގެ ގދ. ފިޔޯރީގައި ބިމުގައި ހުރި 40 މީޓަރުގެ ޓަވަރު ވިއްކާލަން ކުރި ނަންބަރު:  (IUL)PSM-HA/PSM/2020/8 (19 ޖަނަވަރީ 2020) އިޢުލާންއާއި ގުޅިގެން އަގު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ އަލުން އިޢުލާންކޮށް ވިއްކާލުމަށް ހަމަޖައްސައިފީމެވެ. ބްރޯޑްކާސްޓްކުރުމަށް ކުރިން ބޭނުންކުރި މި ޓަވަރު ވިއްކާލަން ހަމަޖައްސާފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅޭ ވަކި ގަޑިއެއްގައި މި ކުންފުނީގެ ރޭޑިއޯ ބިލްޑިންގަށް ޙާޟިރުވެ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަގުހުށައަޅައި، ޙާޟިރުވެ، އަގުހުށައެޅި ފަރާތްތަކުގެ ޙާޟިރުގައި އަގުތައް ބަލައި، އެކަށީގެންވާ އެންމެ މަތީ އަގެއް ހުށައެޅި ފަރާތަކަށް ޓަވަރު ވިއްކާލާގޮތަށެވެ.

ޓަވަރު ގަންނަ ފަރާތުން، އަގުހުށައެޅި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަގުއަދާކުރުންވާނެއެވެ. އަދި އަގުހުށައެޅި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓަވަރާއި ޓަވަރުގެ ފައުންޑޭޝަން ބުޑު ނަގައި، މި ކުންފުނީގެ ބިމުން ނެރެގެން ގެންދަންވާނެއެވެ.

ވީމާ، ގދ. ފިޔޯރީގައި އޮންނަ މި ކުންފުނީގެ ބިމުގައި ހުރި 40 މީޓަރުގެ ޓަވަރު ގަންނަން ބޭނުންވާ ފަރާތްތަކުން 30 ޖަނައަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގަށް ޙާޟިރުވެ، އަގުހުށައެޅުން އެދެމެވެ. 

26 ޖަނަވަރީ 2020

26 ޖަނަވަރީ 2020
ހޯދާ