ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުމާބެހޭ

އިޢުލާން

 

 

ރުއްގަސް ނީލަން ކިޔުމާބެހޭ

 

                  ބަނދަރުމަތީ ޕާކު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ރަތްކުލައިގެ ސްޕްރޭ ދަވާދުން 01 އިން 39 އަށް މިއިދާރާއިން ނަންބަރު ޖަހާފައިހުރި ރުއްގަސް ނީލަންކިޔައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

 

                  ވީމާ، މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅު ފަރާތްތަކުން 28 ޖެނުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް ބަނދަރުމަތީ ޕާކު ހެދުމަށް ކަނޑައަޅާފައިވާ ތަނަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ވިއްކާލުމަށް މިއިއުލާނުގައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވިފައިނުވާނަމަ، އެރުއްގަހެއްގެ ވެރިން 27 ޖެނުއަރީ 2020 ގެ ކުރިން މިއިދާރާއަށް ދުރުވެ ބަދަލު ކަންތައް ހަމަޖެއްސެވުން އެދެމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  28 ޖުމާދަލްއޫލާ 1441

                  23 ޖެނުއަރީ  2020 

23 ޖަނަވަރީ 2020
ހޯދާ