މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

މަޤާމު:

އިންޓަރނަލް އޮޑިޓަރ

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މ. ދޫނިފުށި، 8 ވަނަ ފަންގިފިލާ، އޯކިޑް މަގު، ކ. މާލެ.

މުސާރަ:

25،000.00 އާއި 30،000.00 ދެމެދު

މަޤާމުގެ ޝަރުޠު:

  1. އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ)، ސެޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (ސީޕީއޭ)، ޗާރޓާޑް ޕަބްލިކް އެކައުންޓަންޓް (ސީޕީއޭ)، ޗަރޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް (ސީއައީއެމްއޭ) ގެ މެމްބަރެއްކަމުގައިވުން ނުވަތަ އައިއެފްއޭސީ އިން ޤަބޫލުކުރާ އެ ފެންވަރުގެ އެހެން އޮޑިޓިންގ ބޮޑީއެއްގެ މެމްބަރެއްކަމުގައި ވުމުގެ އިތުރުން، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން.
  2. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު،  6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން.
  3. މަސައްކަތުގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު،  8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން.
  4. ސެޓިފައިޓް އިންޓަރނަލް އޮޑިޓަރުންނަށް އިސްކަން ދެވޭނެ.
  5. އައިއެފްއާރްއެސް، އައިއެސްއޭ، އައިޕީޕީއެފް ފަދަ އެޕްލިކޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ އިންޓަރން އޮޑިޓިންގ އާއި ގުޅޭގޮތުން މެނޭޖްމަންޓަށާއި ކުންފުނީގެ ބޯޑަށް ދޭންޖެހޭ ލަފާ އެންމެ ފުރިހަމައަށް ދިނުން.
  2. ރިސްކް މެނޭޖް ކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާއި ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކުންފުނީގެ މަސައްކަތުގައި އިމްޕްލިމެންޓް ކުރުން.
  4. އިންޓާނަލް އޮޑިޓްގެ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ފޮލިސީތައް ދެމެހެއްޓުމައްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން. އަދި އޮޑިޓިންގެ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

23 ޖަނަވަރީ 2020
ހޯދާ