މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ސެކްޝަން:

ފައިނޭންސް ސެކްޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މ. ދޫނިފުށި، 08 ވަނަ ފަންގިފިލާ، އޯކިޑް މަގު

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: 7,200 ރުފިޔާ

ސަރވިސް އެލަވަންސް: 4,800 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުންޔައް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.
  2. ކުންފުންޏަށް އަންނަ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.
  3. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. ކުންފުނީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ހަދައި ގަވާއިދުން ފޮނުވުން.
  5. ކުންފުންޏަށް ގަނެވޭ އެސެޓްތަކުގެ ރަޖިސްޓަރީ ހަދައި، ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ސެކްޝަންގެ ވެރިޔާއާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.
  7. ކުންފުނީގެ މުހިންމު މާލީ ރިޕޯޓްތަކާއި ގައިޑްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ޖޫރިމަނާ އެކައުންޓަންޓުގެ ޓީމެއް ބެލެހެއްޓުމާއި ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކަށް ސުޕަވައިޒްކުރުން.
  9. އަހަރީ ރިޕޯޓުތަކާއި ބަޖެޓް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

30 ޖަނަވަރީ  2020ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

23 ޖަނަވަރީ 2020
ހޯދާ