މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓީރިއާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން

       މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ބޭނުންވާ ސަރވިސް ކައުންޓަރުތަކާއި މިމިނިސްޓްރީގެ ކޮޓަރިއެއް އިންޓީރިއަރ ކޮންސެޕްޓް ޑިޒައިން، ޑީޓެއިލް ޑްރޯވިންގްސް، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ބީއޯ.ކިއު ހަދައިދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖެނުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ޖަނަވަރީ 2020
ހޯދާ