މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު: IUL)25-A5/25/2020/06)

ވަޒީފާގެ ފުރުޞަތު

 

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް: އެމް. އެސް. 3

މުސާރަ: 7,035.00  ރ.

ސަރވިސް އެލަވަންސް: 2,000.00 ރ.       

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:J-320147

- އެހެނިހެން އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލްވަނަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

- ސަޕޯޓިންގ ކޯ 2 : 900.00 ރ

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންތަކަކީ ޑިޕްލޮމެސީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ޕްރޮޖެކްޓް މެނޭޖްމަންޓްއެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު: 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލެ

ޑިޕާރޓްމަންޓް/ ސެކްޝަން: ޕްރޮޓްކޯލް ޑިޕާޓްމަންޓް ވިޒިޓްސް އެންޑް ސެރޮމެނީސް ސެކްޝަން

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

1- ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ޚާއްސަ މަންދޫބުންނާއި، ފަސްޓް ލޭޑީ، ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން ރާއްޖެއިން ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އައިޓިނަރަރީ، ޑެލިގޭޝަން، އަދި އެހެނިހެން ޕްރޮޓޮކޯލް ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިރުޝާދު ދިނުމާއި އެ މަސައްކަތްތައް ކުރިއަށްދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން

2- ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުޤައުމުތަކުގެ އިސް ވެރިންނާއި، ޙާއްސަ މަންދޫބުންނާއި މިނިސްޓަރުން އަދި ސަފީރުންގެ ދަތުރުފުޅުތަކުގެ އިންތިޒާމްތަކާއި ޕްރޮޓޮކޯލް ކަންތައްތައް ކަންތައްތައް ކުރުމާއި، އިރުޝާދު ދިނުމާއި އެ މަސައްކަތްތައް ކުރިއަށްދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން   

3- ރާއްޖޭގެ ޤައުމީދުވަސް އަދި މިނޫންވެސް މުހިންމު ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފުޅުގެ ކަންތައްތަކާއި، އިންވިޓޭޝާން، ޕްރޮގްރާމް ފަދަ ޕްރޮޓޮކޯލް ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން

4- ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ބައިނަލް އަޤުވާމީ ޖަލްސާ، ކޮންފަރަންސް، ސެމިނާރ އަދި ވޯކްޝޮޕްގައި ކުރަންޖެހޭ ޕްރޮޓޮކޯލް ކަންތައްތައް  ކުރުން

5- ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކަށް ބޭނުންވާޑިޕްލޮމެޓިކް ކްލިއަރެންސް އާއި އަދި ހާއްސަ ހުއްދައަކާއެކު ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ކްލިއަރެންސް ދިނުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

 

 1- އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ، ޑިޕްލޮމަސީ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 2- އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ، ޑިޕްލޮމަސީ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.  

 8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

  (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

- ތަޢުލީމާއި ތަމްރީން %35

- އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5

- މަސައްކަތުގެ ތަޖުރިބާ  %15

- ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން/ޕްރެޒެންޓޭޝަން) %45

- ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ފެބްރުއަރީ 2020 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ،އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ،  16 ފެބްރުއަރީ 2020 އާއި  5 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

               

‏23‏ ޖަނަވަރީ‏ 2020

‏28‏-ޖުމާދަލްއޫލާ‏-1441

23 ޖަނަވަރީ 2020
ހޯދާ