މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސްޓާފް ކެންޓީނެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން (އިޞްލާޙު ނަންބަރު: 02)

 

 116-J3/IL/2020/20 މިއީ، 19 ޖަނަވަރީ 2020 ވަނަ ދުވަހު މިކުންފުނިން ޝާއިޢުކުރި، ނަންބަރު

އިއުލާނުގައި، ހުޅުލޭގެ ހުޅަނގު ފަރާތުގައި ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް އޮތް އޮތުމުގެ އިތުރުން، އިތުރު ކެންޓީން (ހުޅުލޭގެ އިރުމަތި ފަރާތުގައި ހުންނަ ކެންޓީން) އަކާއެކު، ޖުމްލަ 02 (ދޭއް) ސްޓާފް ކެންޓީން ހިންގާނެ 01 (އެކެއް) ފަރާތެއް ހޯދުމަށް، އިއުލާނަށް ގެނެވުނު ބަދަލު، ބީލަމަށް ޝަޢުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ހިއްސާ ކުރުމަށް ނެރޭ، މި އިއުލާނުގެ އިޞްލާހު ނަންބަރު 02 އެވެ.

 

1. އިއުލާނުގެ ތަޢާރަފަށް އަންނަނިވި ގޮތަށް ބަދަލުގެނައުން

  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި 02 (ދޭއް) ސްޓާފް ކެންޓީން ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

2. އިއުލާނުގެ 1 ވަނަ މާއްދާ "ކެންޓީން ޤާއިމު ކުރެވޭނެ ސަރަހައްދުގެ ބޮޑުމިން" އެއްކޮށް، އަންނަނިވި ގޮތަށް ބަދަލުކުރުން

  ކެންޓީން ހިންގަންދޭ ޖާގަައިގެ ބޮޑުމިނާއި ސަރަހައްދު ތިރީގައި މިވަނީއެވެ.

     1.1. ހުޅަނގު ފަރާތު ކެންޓީން - ގާތްގަނޑަކަށް 530 (ފައްސަތޭކަ ތިރީސް) އަކަމީޓަރު ހުރި، އެއަރޕޯޓްގެ ހުޅަނގު ފަރާތުގައި، އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު ކުރިމަތީ ހުރި ސްޓާފް ކެންޓީން އިމާރާތުގެ ޖާގައެވެ.

     1.2 އިރުމަތި ފަރާތު ކެންޓީން – 376 (ތިންސަތޭކަ ހަތްދިހަ ހައެއް) އަކަމީޓަރު ހުރި، އެއަރޕޯޓްގެ އިރުމަތި ފަރާތުގައި އެމް.އޭ.ސީ.އެލް މެއިންޓަނަންސް ޑިޕާޓްމަންޓް ގެ ދެކުނު ފަރާތުގައި ހުރި އިމާރާތުގެ ޖާގައެވެ.

 

3. އިއުލާނުގެ 4 ވަނަ މާއްދާ "ޕްރީބިޑް ބައްދަލުވުން (މައުލޫމާު ދިނުމުގެ ބައްދަލުވުން)" ގައި ޕްރީބިޑް ބައްދަލުވުން ފެށޭ ގަޑިއަށް އަންނަނިވި ގޮތަށް އިޞްލާހު ގެނައުން

  4.1. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 28 ޖަނަވަރީ 2020 ވަނަ ދުވަހުގެ 09:00 ގައި ޕްރީބިޑް ބައްދަލުވުމެއް މިކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ލިބިލައްވާ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

23 ޖަނަވަރީ 2020
ހޯދާ