އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޯޔަރ - ކޯޕަރޭޓް އެފެއާޒް އެންޑް ލީގަލް

އިޢުލާން ނަންބަރު: AS/IUL/2019/006

މަޤާމް: ލޯޔަރ

ބޭނުންވާ އަދަދު: 1

ޑިޕާޓްމަންޓް/ސެކްޝަން:: ކޯޕަރޭޓް އެފެއާޒް އެންޑް ލީގަލް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ލޯ ނުވަތަ ޝަރީއާއިން ލޯ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވުން
  2. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމުގައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑުތައް އެކުލަވާލާ، ޤަވާއިދުތަކާއި އުޞޫލުތައް ފަރުމާކުރުމަށް ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  2. އެގްރީމެންޓް ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ލަފާދިނުން
  3. ކުންފުންޏާއި ގުޅުންހުރި ޤާނޫނީ މައްސަލަތަކުގައި ކުންފުނި ތަމްސީލުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުންފުނިން އެކުލަވާލާ ތަފާތު އުޞޫލުތަކާއި އިޖުރާއަތްތައް އެކުލަވާލުމުގައި ކަމާބެހޭ ޑިޕާޓްމަންޓްތަކަށް އެހީތެރިވެދިނުން

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

 

މުސާރައާއި އިނާޔަތް :

- މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ.

 

ކުރިމަތިލުމުގެ ސުންގަޑި: 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ޖަނަވަރީ 2020
ހޯދާ