އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމަށް ފަރިތަކުރާ ފަރާތްތަކަށް ބިން ކަނޑައެޅުން

އިޢުލާން

އެއްގަމު އުޅަނދު ދުއްވުމަށް ފަރިތަކުރާ ފަރާތްތަކަށް ބިން ކަނޑައެޅުން:

މިރަށާއި މިރަށްހިމެނޭ މަތިވެރި ދާއިރާގެ ރަށްތަކުގެ ރައްޔިތުންނަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ދޫކުރާ "ސީ" ޒޯންގެ ލައިސަންސް ދިނުމުގެ ޚިދުމަތް ގާއިމް ކުރުމަށް މިދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ފަރިތާކުރާ ފަރާތްތަކަށް ކަނޑައަޅާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

އެއްގަމު އުޅަނދު ދުއްވަން ފަރިތަކުރާ ފަރާތްތަކަށް ކަނޑައަޅާ ސަރަޙައްދު:

 "ބަނދަރުގެ ހުޅަނގުން މިރަށު ޞިއްޙީ މަރުކަޒުގެ އުތުރަށް އޮތް ބިން" ، މި ބިން ބޭނުންކުރުމުގައި ދެފަރާތުގައި ޖަހާފައިވާ ބައްތިތަކާއި ރުއްގަހަށް ސަމާލުކަން ދެއްވުން އެދެމެވެ.

ވީމާ، އެއްގަމު އުޅަނދު ދުއްވުމަށް ފަރިތަކުރާ ފަރާތްތަކަށް މި ސަރަޙައްދު ކަނޑައަޅާފައިވާކަން ޢާއްމުކޮށް އަންގައި ޢިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1441

23 ޖަނަވަރީ 2020

23 ޖަނަވަރީ 2020
ހޯދާ