ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން

ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

(IUL)195-C/1/2020/6ނަންބަރު 

ތާރީޚް: 23 ޖަނަވަރީ 2020

ބޭނުންވާ ޢަދަދު

ބޭނުންވާ މަޤާމު

ބޭނުންވާ މެޖިސްޓްރޭޓްކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް

 1

މެޖިސްޓްރޭޓް

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ބ. ތުޅާދޫ މެޖިސްޓްރެޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

މުސާރައާއި ޢިނާޔަތް

 

މެޖިސްޓްރޭޓް

ކޯޓް އިސްމެޖިސްޓްރޭޓް

އަސާސީ މުސާރަ

18,850 ރުފިޔާ

21,000 ރުފިޔާ

ލިވިންގ އެލަވަންސް

4,000 ރުފިޔާ

4,000 ރުފިޔާ

ރިސްކް އެލަވަންސް

600 ރުފިޔާ

600 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

އަޚްލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  8. ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން

ޢުމުރު

ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވުން

ތަޢުލީމާއި ތަޖުރިބާ

އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން؛

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު

ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ވަނަވަރު.
  3. ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް.
  4. ވަނަވަރުގައި ސެމިނަރ، ވޯރކްޝޮޕް ތަކުގައި ޤާނޫނީ ދާއިރާއާ ގުޅުންހުރި ޕޭޕަރު ލިޔެ ހުށަހަޅާނަމަ އެކަން ބަޔާންކުރުން
  5. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
  6. ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުން
  8. ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުން
  9. ޤާނޫނީ ދާއިރާގެ އަންޑަގްރެޖުއޭޓް ނުވަތަ އެއަށްވުރެ މަތީ ކޯސްތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ މުއްދަތާއި މަހަކު ކިތައް ގަޑިއިރުކަން އެގޭނެ ލިޔުން  
  10. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  11. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  12. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
  13. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  14. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
  15. ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
  16. ލޯ ފަރމެއްގެ ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެގޭނެ ލިޔުން

 

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

 

ސުންގަޑި

05 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ. 01 ފެބްރުވަރީ 2020 ވަނަ ދުވަހުން ފެށިގެން ފޯމް ހުށަހަޅާ ފަރާތްތަކުގެ ފޯމްތައް ހުށަހަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު)  އަށެވެ.

ޤަވާއިދު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  ފަނޑިޔާރުކަމަށް އެދޭ ފޯމާއި އިގްރާރު ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

23 ޖަނަވަރީ 2020
ހޯދާ