މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ސްކިލްޑް" އަދި "ޕްރޮފެޝަނަލް" މަޤާމުތަކަށް ވަޒީފާ އަދާކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ސަނަދުތަށް "ވެލިޑޭޓް" ކުރުމާ ބެހޭ

އިޢުލާން

"ސްކިލްޑް" އަދި "ޕްރޮފެޝަނަލް" މަޤާމުތަކަށް ވަޒީފާ އަދާކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ސަނަދުތަށް "ވެލިޑޭޓް" ކުރުމާ ބެހޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ ތެރެއިން "ސްކިލްޑް" އަދި "ޕްރޮފެޝަނަލް" ފަންތީގެ މަޤާމުތަކަށް، ވަޒީފާ އަދާކުރުމުގެ ހުއްދަ (Employment Approval) އަށް އެދި ހުށަހަޅާ ސަނަދުތައް "ވެލިޑޭޓް" ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އިސްވެދެންނެވުނު ފަންތީގެ މަޤާމުތަކަށް ވަޒީފާ އަދާކުރުމުގެ ހުއްދަ Employment Approval)) ހޯދުމަށް މި މިނިސްޓްރީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ ފަރާތްތައް ފިޔަވާ، އެހެންހުރިހާ ފަރާތްތަކުގެ ސަނަދުތައް "ވެލިޑޭޓް" ނުކޮށް ބަލައިގަތުމަށް ނިންމާފައިވާކަން ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

‏28‏ ޖުމާދަލްއޫލާ‏ 1441

23 ޖަނަވަރީ 2020
ހޯދާ