ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ލިސްޓް އަލުން މުރާޖަޢާކޮށް ކުރުމަށްފަހު، ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ލިސްޓް އިޢުލާންކުރުން

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން A ކެޓަގަރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް މި އިޢުލާނާއެކު ޢާންމުކުރީމެވެ.

އަދި ދަންނަވަމެވެ. މި ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން އެ ޝަކުވާއެއް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޕޮއިންޓް ލިސްޓާ ގުޅިގެން މި ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއަކަށް މި ކައުންސިލުން ލިޔުމުން ޖަވާބު އަރުވާނެ ވާހަކަ ދަންނަވަމެވެ. އަދި ޝަކުވާތަކަށް ބަލައި، ޕޮއިންޓް ލިސްޓަށް އެއްވެސް އިޞްލާހެއް ގެންނަން ޖެހޭ ނަމަ، އެ އިޞްލާޙު ގެނައުމަށް ފަހު ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ހަމަޖެހިފައިވާ އުސޫލުން އިޢުލާންކުރާނެ ވާހަކަ ދެންނެވީމެވެ.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 ޖަނަވަރީ 2020
ހޯދާ