މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ICCR Scholarships 2020

ICCR Scholarships 2020

 

       އިންޑިއާގެ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު)  އިން ހިންގާ އަންޑަރގްރެޖުއެޓް އަދި ޕޯސްޓްގްރެޖުއެޓް ލެވެލްގެ ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުޝައެޅުމުގެ މުއްދަތު ވަނީ 15 ފެބްރުއަރީ 2020 އަށް އިތުރުކުރެވިފައެވެ.

  

     ކޯސްތަކާއިބެހޭ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. އަދި އިތުރު މައުލޫމާތު އައި.ސީ.ސީ.އާރުގެ ވެބްސައިޓް  http://www.a2ascholarships.iccr.gov.in/ އިން ވެސް ލިބެން ހުންނާނެއެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ICCR އަށެވެ.

    

     މިއިން ސްކޮލަރޝިޕަކަށް ޝައުޤުވެރިވާ އެއްވެސް ފަރާތަކުން، އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެ ފަދަ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ. މިގޮތުން ބާއްވާ ބައްދަލުވުމަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، ތިރީގައި މިވާ ލިންކުން ހުޅުވާލެވޭ ފޯމު، 28 ޖެނުއަރީ 2020 ގެ ކުރިން ފުރުއްވައި ދެއްވުން އެދެމެވެ.މި ބައްދަލުވުން އޮންނާނީ 29 ޖެނުއަރީ 2020 ގައެވެ.

https://forms.gle/QcJFujNMvVCXm3pK9

      

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

22 ޖަނަވަރީ 2020
ހޯދާ