ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޗައިލްޑް ކެއަރޓޭކަރ (ވަގުތީ)

146-A1/2020/17:ނަންބަރު

އިޢުލާން

 މަޤާމު:

 ޗައިލްޑް ކެއަރޓޭކަރ  

 ބޭނުންވާ އަދަދު :

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް (ވަގުތީ)

 މުއްދަތު:

 06 މަސް

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ އަސާސީ މުސާރަ:

 4465.00 ރުފިޔާ

 މަސައްކަތް ކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު /  އިސްޤާޟީ ބިއުރޯ

 އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ،

 - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 މަޤާމުގެ އަސާސީ ޝަރުތު:

 

 - ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

  1. ކޯޓަށް ޙާޟިރުވާ ފަރާތްތަކާއެކު ގެނެވޭ ކުޑަކުދިން އޯގާތެރިކަމާއި ލޯތްބާއެކު ބެލެހެއްޓުން؛

 - އެ ކުދިންގެ އުމުރާ ގުޅޭގޮތުން ކުލަޖެއްސުމާއި، ކުރެހުމާއި، އަކުރު އަޅައިދިނުމާއި، ވާހަކަ ކިޔައިދިނުން.

 - އެ ކުދިންގެ އުމުރާ ގުޅޭގޮތުން އެޑިއުކޭޝަނަލް ގޭމްސް ކުޅުވައި ހެދުން.

 - ތަފާތު އެކްޓިވިޓީސްތައް އެ ކުދިންނަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ސްޓޮކް އެންޑް މެއިންޓެނެންސް ސެކްޝަނަށް ރިކުއެސްޓްކޮށްގެން ހޯދުން.

 - ކޯޓަށް ޙާޟިރުވާ ފަރާތްތަކާއެކު ގެނެވޭ ކުޑަކުދިން ބެލުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ސުޕަވައިޒަރަށް ހުށަހަޅައިގެން އެކަންކަން ރަގަޅުކުރުމަށް މަސައްކަތްކުރުން.

 2. އިސްޤާޟީ ބިއުރޯގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން؛

 - އިސްޤާޟީއަށް އެޑްރެސްކޮށް އައިސްފައިވާ ސިޓީތަކެއް ހުރިތޯ ބަލައި އެފަދަ ސިޓީތަކެއްވާނަމަ އިސްޤާޟީގެ ލަފާގެމަތިން  ފިޔަވަޅު އެޅުން.

 - ކަލަންޑަރާއި، ވިޝުއަލް ކޮންޓްރޯލް ބޯޑާއި އަދި ކޮމްޕިއުޓަރު ފަދަ ތަކެތި އަޕްޑޭޓްކުރުން.

 - ޒިޔާރަތްކުރާ ބޭފުޅުންނާއި އިސްތިޤްބާލުކޮށް، އެބޭފުޅުންގެ ކަންތައްތައް ހަމަޖައްސައިދިނުން.

 - އިސްޤާޟީ ބޭނުންފުޅުވާ ކަންތައްތައް ރޭވުމާއި އަދި އެފަދަ ކަންތައްތައް ކުރިއަށް ގެންދިއުން.

 - އެކިފަރާތްތަކުން ސީދާ އިސްޤާޟީއަށް ފޮނުވާ ސިޓީތައް އިސްޤާޟީއަށް އެރުވުމާއި، އެލިޔުންތަކަށް އިސްޤާޟީ ދެއްވާ ޖަވާބު އިސްޤާޟީގެ މަޝްވަރާއާއެކު ތައްޔާރުކޮށް އެފަރާތްތަކަށް ދިނުމާއި، އެލިޔުންތަކާއި އިސްޤާޟީ އެކިތަންތަނަށް ފޮނުވާ އެހެނިހެން ސިޓީއާއި އެކި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

 - އިސްޤާޟީގެ ކޮޓަރި ތަރުތީބުކޮށް، މޭޒު ސާފުކޮށް ބެލެހެއްޓުން.

 - ކޯޓުގެ އަހަރީ ރިޕޯޓުގައި ހިމެނުމަށް އިސްޤާޟީ ބޭނުންވާ މުހިއްމު މަޢުލޫމާތުތައް އެއްކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރާ ސެކްޝަނަށް އެމަޢުލޫމާތު ދިނުން.

 - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.       

 ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށްއެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 - އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

 - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ .

 ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

 ސުންގަޑި:

 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.

 އިތުރު މަޢުލޫމާތު:

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

 ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

22 ޖަނަވަރީ 2020

22 ޖަނަވަރީ 2020
ހޯދާ