ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަތޮޅުގެ ފަޅުރަށްތަކުން ގަވާއިދާ ހިލާފަށް ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅޭ

މިއަތޮޅުގައި ހިމެނޭ ފަޅުރަށްތަކުން ގާވާއިދާހިލާފަށް ގިނަ އަދަދަކަށް ވެލި ނަގާކަމުގެ ޝަކުވާ މިކައުންސިލަށްވަނީ ލިބިފައެވެ. ހާއްސަކޮށް އުސްފިނޮޅުން ގިނައަދަދަކަށް ވެލި ނެގުމުގެ ސަބަބުން އެރަށަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ވީމާ، ދަންނަވަމެވެ. މިއަތޮޅުގެ އެއްވެސް ފަޅުރަށަކުން ގަވާއިދާހިލާފަށް ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެކެވެ. އަދި ގަވާއިދާ ހިލާފަށް ވެއްޔާއި އަކިރި ނުނެންގެވުމަށް ހުރިހާ ފަރާތްތަކަށް އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.

21 ޖަނަވަރީ 2020
ހޯދާ