ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                  

މަޤާމް

އެސިސްޓެންޓް އޮފިސަރ

އަސާސީ މުސާރަ

-/5,500 ރުފިޔާ

ސަރވިސް އެލަވަންސް

-/2,500 ރުފިޔާ

މަޤާމުގެ ރޭންކް

އޭއެސް 7

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް އެންޑް ރެވެނިއު

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު)  މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކި ޑިޕާޓްމެންޓްތަކުން ލިބޭ ރިކްއެސްޓާއި ހުއްދަ ފޯމާއި ސްޓޭޝަންތައް ވަކިން އަދި ރިކުއެސްޓްގަ ހުންނަ ތަކެތި ވަކިވަކިން އެންޓްރީކޮށް ވެރިއެއްގެ ސޮއި ހޯދުމަށްފަހު އެންޓްރީން ކެނޑުމަށްފަހު ޕްރޮކިއުމެންޓާއި ރިކުއެސްޓް ހަވާލުކުރުން.
  • އިންވޮއިސް އަދި ޕޭމަންޓް ވައުޗަރ ފައިލްކޮށް ބެލެހެއްޓުން.
  • ސޮއި ހޯދުމަށްފަހު ޗެކްތައް ހަވާލުކުރަން ޖެހޭ ފަރާތްތަކަށް ގުޅާ އެ ފަރާތްތަކާ ޗެކްތައް ހަވާލު ކުރުން.
  • ކޮންމެ ހަފްތާއެއް ނިމުމުން ހަވާލު ކުރެވިފައި ހުރި  ޕީވީތައް ޕީވީ އެންޓްރީން ކެނޑުމަށްފަހު، ޕީވީތަކުގެ ތަރުތީބުން ފައިލްތައް ހަދާ ޕީވީތައް ފައިލް ކުރުން.
  • ޕެޓީ ކޭޝްއިން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ޕެޓީކޭޝް ހަވާލު ކުރެވިފައި ހުންނަ ޑިޕާޓްމެންޓްތަކަށް ޕެޓީކޭޝް ޚަރަދުކޮށްފަ ގެންނަ ފޯމްތައް ކިއުބީއަށް އަޕްޓޭޑް ކޮށް، ފައިސާ ނެގުމަށް ޕީވީ ހަދާ ފައިސާ ނެގުން.
  • ވެންޑަރ އިންވޮއިސްތައް ލިބުމުން ރަނގަޅަށް ޗެކްކޮށް، އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓްރީކުރުން.
  • ހަވާލުކުރަން ޖެހޭ ފައިސާ ހަވާލުކުރާ ފޯމުތައް ހެދުމާއި، ފައިސާ ހަވާލުކުރުން. އަދި އެއްގަމު ދަތުރާއި ކުއްލި ޚަރަދު ފައިސާ ފޯމުތައް އެންޓްރީކޮށް ބެލެހެއްޓުން.
  • ބަޖެޓް ޕްރޮޕޯސަލްތައް އެންޓްރީކޮށް ބެލެހެއްޓުން.
  • ފައިސާ ބަލައިގަންނަން ޖެހޭ ހާލަތްތަކުގައި ފައިސާ ބަލައިގަތުމާއި، އިންވޮއިސް ހެދުން.
  • ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން.
  • ޔުނިޓްގެ އެހެން މުވައްޒަފުން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  • މީގެ އިތުރުން، (މަތީގައި ބަޔާން ވެފައި ނުވިނަމަވެސް) މަސައްކަތާއި/ވަޒީފާއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއޫލާ 1441

21 ޖަނަވަރީ 2020
ހޯދާ