ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤައުމީ ޤުރްއާން މުބާރާތާބެހޭ

29 ވަނަ ޤައުމީ ޤުރްއާން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު 29 މެއި ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ބައިވެރިންގެ ތެރެއިން މާލެއާއި މާލެއަށް ނިސްބަތްވާ އަވަށްތަކުގެ ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 30 މެއި ވާ ހުކުރު ދުވަހު ހަވީރުއެވެ. އަތޮޅުތެރޭގެ ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 06 ޖޫން ގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ 14 ޖޫން ވާ ހޮނިހިރު ދުވަހު ކަމުގައި ދަންނަވަމެވެ. ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 01 އެޕްރީލް 2013 ވާ އަންގާރަ ދުވަހުން ފެށިގެން ޤުރްއާނާބެހޭ މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ޤުރްއާން މުބާރާތުގެ ގަވާއިދާއި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ޤުރްއާނާބެހޭ މަރްކަޒުގެ ވެބްސައިޓް www.chq.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1435

27 މާރިޗު 2014
ހޯދާ