ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި ޑްރައިވިންގ ލައިސަންސް ޓްރެކެއްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ހޯރަފުށީގައި ޑްރައިވިންގ ލައިސަންސް ޓްރެކެއްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

                  ހއ. ހޯރަފުށީގައި  ޑްރައިވިންގ ލައިސަންސް ޓްރެކެއް ހަދައިދިނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ގޮތުގެމަތިން ރަށުކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

28 ޖަނަވަރީ 2020

އަންގާރަ

11:30

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި

04 ފެބްރުވަރީ 2020

އަންގާރަ

11:30

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                26 ޖުމާދަލްއޫލާ 1441

                21  ޖަނަވަރީ  2020

21 ޖަނަވަރީ 2020
ހޯދާ