މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

މަގުބައްތި ޖެހުމަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

ނ. ކުޑަފަރީގައި މީހުން އާބާދުވެފައިވާ ސަރަޙައްދުތަކާއި، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ މަގުތަކާއި، ގޯޅިތައް އަލިކުރުމުގެ ގޮތުން މަގުބައްތި ޖެހުމަށް ހިންގާ މަޝްރޫޢަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް 2020 ޖަނަވަރީ 6 ވަނަ ދުވަހު ކުރި މި އިދާރާގެ (I)288/2020/001 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވައިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ، އެ ބީލަންތައް ބާޠިލުކޮށް، ކޭބަލް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، ELECTRIC CABLE, 44-6mm × 2C - CIRCULAR ގެ 1500 (އެއް ހާސް ފަސް ސަތޭކަ) މީޓަރު ކޭބަލް، މި އިދާރާއަށް ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށް ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ މިއިން ދުވަހެއް ރަސްމީ ބަންދަކަށް ވެއްޖެނަމަ، ބައްދަލުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު، އެ ގަޑީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

28 ޖަނަވަރީ 2020 (އަންގާރަ)

މެންދުރުފަހު 1:00

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން

4 ފެބުރުވަރީ 2020 (އަންގާރަ)

މެންދުރުފަހު 1:00

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. 2020 ޖަނަވަރީ 29 ވަނަ ދުވަހާއި، 30 ވަނަ ދުވަހު، ނ. ކުޑަފަރީ ކައުންސިލް އިދާރާއިން ބީލަން ފޮތް ވިއްކަމުންދާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާ އެކު ފޮނުއްވުން އެދެމެވެ. ސިޓީ ގައި ވެރި ފަރާތް، ނުވަތަ ކުންފުނީގެ އީމެއިލް އެޑްރެސް ހިމެނުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ކައުންސިލަރ މުޙައްމަދު ރަމީޒު)

9839383

 

25 ޖުމާދަލްއޫލާ 1441ހ.

20 ޖަނަވަރީ 2020މ.

 

ޙަސަން މުޙައްމަދު

ކައުންސިލްގެ ރައީސް

20 ޖަނަވަރީ 2020
ހޯދާ