އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޔޫތްސެންޓަރަށް މަސައްކަތު މުވައްޒަފެއް ހޯދުން:

މަޤާމް:

މަސައްކަތު

 

ބޭނުންވާ ޢަދަދު:

1 ( އެކެއް )

 

މަޤާމުގެ ގިންތި:

ވަގުތީ ( 1 އަހަރު ގެ ކޮންޓްރެކްޓް ވަގުތީ )

 

މަގާމުގެ ރޭންކް

އެސް.އެސް -1

 

މަގާމުގެ ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން :

ރަސްދޫ އިޖުތިމާއީ މަރުކަޒް  

 

މުސާރަ :

3,100.00 ރުފިޔާ.

 

ސަރވިސް އެލެވަންސް :

1500.00 ރުފިޔާ.

 

އެހެނިހެން އެލެވަންސް :

އިތުރުގަޑީގައި މަސައްކަތެއް ކުރައްވައިފިނަމަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް އިތުރު ގަޑީގެފައިސާ ދެވޭނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞާ އިނާޔަތް ދެވޭނެއެވެ.

ސަޕޯޓިންގ ކޯ އެލެވަންސް :

 މިއީ 1 އަހަރު ދުވަހުގެ ވަގުތީ މަގާމަކަށްވާތީ މި މަގާމަށް ސަޕޯޓިންގ ކޯ ގެ އެލެވަންސް އެއް ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

                                             

1-     މަރުކަޒުގެ ހުންނަ އެންމެހައި ގޮނޑި ، މޭޒާ ، ހޮޅިބުރިތަކާ، ފަންކާތަކާ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާ ފާޚާނާތަކާ އަދި މިނޫނަސް މިފަދަ އެންމެހައިތަންތަނާ ތަކެއްޗާ އަދި އިދާރާގެ އެންމެހައި މެސަނަރީތަކާއި، އިދާރާއިން ހަމަޖައްސާ އުޞޫލެއްގެމަތިން ހަޑިވިޔަނުދީ ފޮޅާ ސާފުކޮށް ފޮހެ ބެލެހެއްޓުން.

2-     މަރުކަރު އިމާރާތުގެ އެންމެހައި ފާރުތަކާ ، ތަޅުންގަނޑު ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއެކު ތަޅުންގަނޑުގެ ޓައިސްތަކާ، ފާހާނާތަކުގެ ޓައިސްތަކާ ތަށިތަކާ ފާރުތައް ސާފުކޮށް ބެލެހެއްޓުން.

3-     ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް މަރުކަޒްގެ ގޯތިތެރެއާ ، ފުޓުސަލް ޓާފްދަނޑާ، މަރުކަޒުގެ ވަށައިގެން ބޭރު މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

4-     މަރުކަޒުގެ އިމާރާތްތަކާ އަދި މިނޫނަސްނަށް މަރުކަޒުގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި ޖަހާފައިހުރި ލައިޓުތަކުގެ ތެރެއިން ހަދައިގެން ބަދަލުކުރަންޖެހޭ ލައިޓުތައް ހަމަޖެހިފައިވާ އުޞޫލުން ބަދަލުކޮށް ބެލެހެއްޓުން.

5-       މަރުކަޒުގެ ފަރާތުން ހިންގާ އެންމެހައި ޙަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުމަށް މަސައްކަތު މީހެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން . ( މިސާލަކަށް އެތަނެއް ކުނިކަހާ ފޮޅާ ސާފުކުރުމާއި، ގިނޑި، މޭޒް ފަދަ މަސައްކަތްތައް ކުރުން . )

6-       މަރުކަޒުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިއުމާ ، ތަކެތި މަރުކަޒުން ހަމަޖައްސާ އުޞޫލެއްގެ މަތިން ޙަވާލުކޮށްދިނުން.

7-      މީގެ އިތުރުން ކައުންސިލް އިދާރާއިން އަދި ރަސްދޫ އިޖުތިމާޢީ މަރުކަޒުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގުރާމްތަކާއި، މަސައްކަތްތަކުގައި ބައިވެރިވުން.

       

 

 

މަޤާމުގެ ޝަރުޠުތައް :

  1. ލިޔަންކިޔަން އެގުން.

ނޯޓް :

ލިޔަންކިޔަން އެގޭކަން  ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެން. ނުވަތަ އެތަނަކުން ދޭ ޕްރެކްޓިކަލް ޓެސްޓަކުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

       ސަޕޯޓިންގެ ދާއިރާއިން.

ހުށަހަޅަންޖެހޭ  ލިއުންތައް :

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ލިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެޔްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

 

 

 

 

ދާއިރާ

 

މާކްސް

އިންސައްތަ

%

ކެޓެގަރީގެޖުމްލަ

އިންސައްތަ

ތަޢުލީމާއި،ތަމްރީން.

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން.

30

05

މަސައްކަތު ތަޖްރިބާ .

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

  100

48

48

ޖުމްލަ

185

100

100

މަޤާމަށްއެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި ، މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 28 ޖަނަވަރީ  2020 ، 18 ފެބްރުއަރީ 2020 އާ ،  ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގައެވެ.  

ޝޯޓް ލިސްޓްކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. އީ.މެއިން އެޑްރެސް [email protected]  އަށެވެ.

20 ޖަނަވަރީ 2020
ހޯދާ