މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ހުށަހެޅުމަށް ދެވޭ ދަޢުވަތު (ދަޢުވަތު)

 

 (IUL)337-C-AB/337/2020/5 ނަމްބަރ

 

 

ބިޑް ހުށަހެޅުމަށް ދެވޭ ދަޢުވަތު (ދަޢުވަތު)

 
 

ބިޑް ހުށަހެޅުމަށް ދަޢުވަތުދިނުން

 

(1)

ތިރީގައި ބަޔާން ކުރެވިފައިވާއެވާ އިދާރާގެ ބިންތައް 10(ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މާލެއަތޮޅު މާފުށީ ކައުންސިލްގެ ފަރާތުން ކަނޑައަޅައިފީމެވެ.

  • ބިން 1 ވިލެޖް ގޯތީގެ ދެކުނަށް އޮތް 1237.5 އަކަފޫޓްގެ ހުސްބިން ލޯކަލް ވިޔަފާރި ކުރުމަށް
  • ބިން 2 ވިލެޖް ގޯތީގެ ދެކުނަށް އޮތް 1237.5 އަކަފޫޓްގެ ހުސްބިން ލޯކަލް ވިޔަފާރި ކުރުމަށް
  • ބިން 1 ހެވާ ގޯތީގެ ދެކުނަށް އޮތް 1225 އަކަފޫޓްގެ ހުސްބިން ލޯކަލް ވިޔަފާރި ކުރުމަށް
  • ބިން 2 ހެވާ ގޯތީގެ ދެކުނަށް އޮތް 1225 އަކަފޫޓްގެ ހުސްބިން ލޯކަލް ވިޔަފާރި ކުރުމަށް
  • ބިން 1 ފުޓްސެލް ދަނޑުގެ ދެކުނަށް އޮތް 656.25 އަކަފޫޓް ގެ ހުސްބިން ގަރާޖް އެޅުމަށް
  • ބިން 2 ފުޓްސެލް ދަނޑުގެ ދެކުނަށް އޮތް 656.25 އަކަފޫޓް ގެ ހުސްބިން ގަރާޖް އެޅުމަށް
  • ބިން 1 ފުޓްސެލް ދަނޑުގެ ދެކުނަށް އޮތް 656.25 އަކަފޫޓް ގެ ހުސްބިން ވަޑާންގެ އެޅުމަށް
  • ބިން 2 ފުޓްސެލް ދަނޑުގެ ދެކުނަށް އޮތް 656.25 އަކަފޫޓް ގެ ހުސްބިން ވަޑާންގެ އެޅުމަށް
  • ފުޑްސެލް ދަނޑުގެ އުތުރަށް އޮތް 4000 އަކަފޫޓްގެ ހުސްބިން ގައު އެޅުމުގެ މަސައްކަތް ކުރުމަށް

 

(2)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮއިކުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް އެދިއެވެ.

 

(3)

ބިން ކުއްޔަށް ދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް  ތަރައްޤީކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޢިމާރާތްކުރުމަށް ދެވޭ 03 (ތިނެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާން ކުރެވިގެންވާނެއެވެ.

 

(4)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމުގެ އިންތިޒާމް 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 06 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 13:30 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

ހަވީރީ ހިގުން

ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6640073

އީމެއިލް އެޑްރެސް:[email protected]

 

(5)

ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް  އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ  މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

 

(6)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް  ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ޙިއްސާވާ ޕާޓްނަރޝިޕަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ޙިއްސާވާ ކުންފުންޏަށެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5000ރ. (ފަސްހާސް ރުފިޔާ) އަށެވެ. އަދި މިފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާއިންނެވެ.

 

(7)

ބިޑް ޑޮކިއުމަންޓު ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

 

(ހ)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ލިޔުމެއް ނުވަތަ ކުންފުނި ޕާޓްނަރޝިޕް އެއްނަމަ ބޯޑުގެ ޤަރާރެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

 

(ށ)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.އަދި އަމިއްލަ ފަރުންގެ ވިޔަފާރި ރަޖިސްޓްރީ ހުށައަޅަންވާނެއެވެ.

 

 

(ނ)

ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/5000ރ. (ފަސްހާސް ރުފިޔާ) ބިޑު ގަތުމަށް ފޯމު ހުށައަޅާއިރު ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

 

(8)

ބިޑް ޑޮކިއުމަންޓު ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

 

(9)

ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ.

 

(10)

ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، ބިމުގައި އަމިއްލަ ޚަރަދުގައި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކިބިޑެއް، އަދި ލޯކަލް ވިޔަފާރި/ ގަރާޖް /ވަޑާންގެ އަދި ގައު އެޅުމުގެ މަސައްކަތައް ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

 

(11)

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައި  ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ.

 

(12)

ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ބިޑު ހުށައަޅާ ބޭނުން ބަޔާންކޮށް 26 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ހޯލްއަށެވެ.

 

(13)

 

 

 

(14)

ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 26 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ހޯލްއަށެވެ.

"ބިޑް ސެކިއުރިޓީ" ގެ ގޮތުގައި މި ބިޑާއެކު -/25000ރ( ފަންސަވީސްހާސް) ރުފިޔާގެ ބެންކް ގެރެންޓީ ދިފައިވާ ކްރޮސްޑް ޗެކެއް ހުށައަޅަންވާނެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.

 

(15)

ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމް ގަތް އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން ޢާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. 

 

20 ޖެނުއަރީ 2020

 

 

 

20 ޖަނަވަރީ 2020
ހޯދާ